ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް އިސްލާމް ކިޔަވައިދޭން ބިދޭސީން ގެންނަނީ!

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުން ހަރުކަށި ފިކުރަށް ނުދިނުމަށް އިސްލާމް މާއްދާ ކިޔަވައި ދޭން ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ “މެއި ހައެއް ކޮމެޓީ” އިން ބުނެފިއެވެ.

ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްތަކެއް ތައުލީމީ ނިޒާމުގެ ތެރެއިން ކުރަންޖެހޭކަމަށް ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ދަރިވަރުންގެ ހިތްތަކުގައި ދީނަށް ލޯބި ޖެއްސުމަށް ސްކޫލުތަކުން ރަނގަޅު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ހަރުކަށި ފިކުރުގެ މައުޟޫގެ އަޑު ފަހަކަށް އައިސް ގަދަވެފައި ވަނީ، މިދިޔަ މޭއި މަހުގެ 06 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެންނެވެ. އެ ހަމަލާގެ ފަހަތުގައި ތިބީ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގުން ސާބިތުވާއިރު، މި މީހުންނަކީ މިއީ ޖާނުންފިދާ ވެގެން ވިޔަސް މީހަކަށް ގެއްލުމެއް ދޭން ތައްޔާރަށް ތިބި ބައެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮންމެ ހަފްތާއަކު ވެސް އެއް ދުވަހު އެމްޑީޕީން ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، މޭއި ހައެއް ކޮމިޓީގެ އެކި މަޝްވަރާތަކުގެ މައުލޫމާތު ހިއްސާ ކުރެ އެވެ. އެގޮތުން ރޭގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، އެ ކޮމެޓީގެ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު ބައްދަލުވުމެއް ބޭއްވިކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކިޔަވާ ކުދިން މެދުގައި ހަރުކަށި ފިކުރު ފެތުރިފައިވާ ވަރާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

އަދި މިފަދަ ކަންކަން ވުން ހުއްޓުވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މިހާރުވެސް ސުކޫޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން ތިބޭކަމަށާއި އެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

އިސްލާމް މާއްދާ ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުގެ މީހުން ގެނައުމާއި ގުޅިގެން ދަރިވަރުންގެ މެދުގައި ހަރުކަށި ފިކުރުގެ މައުލޫމާތު އާންމުކުރުމަށް މަސައްކަތް ކުރި ޓީޗަރުންގެ މައްސަލަ މީގެ ކުރިންވެސް ހޫނުވެފައިވެއެވެ.

އަދި މިފަދަ ކަންކަމާއި ގުޅިގެން ތައުލީމުދޭ ބައެއް މަރުކަޒުތަކުގައި އިސްލާމް ޓީޗަރުން ގޮތުގައިދާ ފަރާތްތަކުން ދަރިވަރުންނަށް ދޭ މައުލޫމާތަކީ ހަރުކަށި ފިކުރާއި ގުޅުންހުރި މައުލޫމާތަކަށް ވުމުން، އެއީ އެކުދިން އެނބުރިދާނެ މައުލޫމާތުތަކަކަށް ވުން އެކަށީގެންވާކަމަށް ވިދާޅުވެ އަފީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ ކުރިން ވެސް ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި އަފީފް ވަނީ ރާއްޖޭގެ ޒުވާނުން ހަރުކަށި ފިކުރު ގަބޫލު ކުރަން ފަށާފައިވާކަމަށް ބުނެ، ގައުމީ ޔުނިވާސިޓީއަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އަދި ކޮލެޖު ޔުނިވާސިޓީތަކުގެ ތެރެއިން ވެސް ދަރިވަރުންގެ ހިތްތަކަށް އެފަދަ ހިޔާލުތައް ވެއްދުމަށް މަސައްކަތްތައް ކުރާކަން ފާހަގަ ކުރެއްވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: