ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރަށް މީހުން ދަނީ އިސްލާމީ މުގައްރަރުގެ ސަބަބުންނެއް ނޫން: އަލީ ޒައިދު

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރަށް މީހުން ދަނީ އިސްލާމް މުގައްރަރުގެ ސަބަބުން ނޫންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިހެން ވިދާޅުވީ ހަރުކަށި ވިސްނުމަށް ދަރިވަރުން ދިއުން ހުއްޓުވުމަށް، އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމެވުމާ ގުޅިގެންނެވެ.

އެގޮތުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް މުގައްރަރުތައް ހެދިފައި ވަނީ އެންމެ މީހެއް ނުވަތަ ދެމީހެއްގެ ވިސްނުމަށް ނޫންކަމަށާއި، މުގައްރިރުތައް ހަދާފައި ހުންނަނީ އިސްލާމް ދީން ކިޔަވައިގެން ތިއްބެވި އެތައް ބޭފުޅުންނެއް ހިމެނޭ ކޮމިޓީއަކުންކަމަށެވެ. އެއަށްފަހު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުމުގެ ދަސުން އިސްލާމް މުގައްރިރުތަކުގައި ހަރުކަށި ކަމަކަށް ހިތްވަރު ދެވިފައިނުވާކަންވެސް ޢަލީ ޒައިދު ފާހަގަކުރެއްވިއެވެ.

“ވީމާ އިސްލާމް މުގައްރިރުތަކަށް ހަރުކަށި ކަމުގެ ތުހުމަތުކޮށް ބީ ފެކްޝަން ބޭފުޅުން ރުއްސަން އިސްލާމް މުގައްރަރުތަކާއި ގުޅެ ކޮށާ މަށާ ހެދުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން. 100 ޕަސެންޓް ޔަޤީން އިސްލާމް މުގައްރަރު ތަކާއި ގުޅިގެން ނޫންކަން މީހުން ހަރުކަށި ވިސްނުމަށް ދަނީ.” ޢަލީ ޒައިދު ވިދާޅުވިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި “މޭ ހަޔެއް” ކޮމެޓީގެ މުގައްރިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ހަރުކަށި ފިކުރާއި ގުޅޭގޮތުން ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ސްކޫލް ކުދިންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަން އެ މިނިސްޓްރީން ހާމަކުރި ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ހަރުކަށި ފިކުރަށް ހެއްލޭ ބައެއް ކުދިން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުދިންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.

އަދި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ޓާގެޓް ކުރަނީ ނިކަމެތި ކުދިންނަށް ކަމަށާއި މިފަދަ ކަންކަން ހުއްޓުވުމަށް ޓީޗަރުން ވެސް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އޭގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ސޯޝަލް ސްޓަޑީސް ކަރިކިއުލަމް ރިވައިސް ކުރަމުންދާ ކަމަށްވެސް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: