ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ކިޔަވައިދޭން ބޭރު މީހުން ގެނައުމަކީ ނުރައްކާތެރި ކަމެއް: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭރުގެ ޓީޗަރުން ގެނައުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އިސްލާމް މާއްދާގެ ކަރިކިއުލަމް ރިވިއުކޮށް، އިސްލާމް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ބައެއް ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް އެ މިނިސްޓްރީން ބުނުމާ ގުޅިގެންނެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީން ގެނައުމަކީ ނުރައްކާތެރި އަދި ނަތި ފިޔަވަޅަކަށް ވެދާނެކަމަށެވެ.

“ބޭރުން ގެންނަ މީހަކީ އެކްސްޓްރީމިޒަމް، ޓެރަރިޒަމްގެ އެޖެންޓެއް ނޫންކަން ކަށަވަރު ކުރަން ދަތިވާނެ. ކުދިން ތަރުބިއްޔަތު ނުކުރެވޭނެ. ބަސް ބަދަލުވުމުކީވެސް މައްސަލައަކަށް ވާނެ. އަދި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ވެސް ގެއްލޭނެ.” އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ‘މޭހައެއް ކޮމެޓީ”ގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ، އެ ކޮމެޓީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ނުރައްކާ ސްކޫލް ކުދިންނަށް އޮތް މިންވަރާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި މިނިސްޓްރީން، އިސްލާމް ޓީޗަރުން ބޭރުން ވެސް ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް ވިސްނަމުންދާ ކަމަށް އަފީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: