ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ފުރިހަމަ ނުކުރާ މީހުން ދަތުރު ކުރުން ހުއްޓުވަނީ

މާލެއިން ދަތުރުކޮށް ހޯމް ކަރަންޓީނަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މީހުނަށް އެކަނިކަންހާމަކުރުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައިފައިވޭތޯ ކަށަވަރުކޮށްފައި ނޫނީ ދަތުރުކުރުމަށް ފުރުސަތު ނުދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާ ގުޅޭ ޢާންމު ޚިދުމަތްދޭ ފަރާތްތަކުން، ކޯވިޑުގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކަށް ޚިދުމަތްދިނުމާ ގުޅޭ އުސޫލެއް އެކުލަވާލާފައެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުޠުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު، ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެ އިތުރުން ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ޚިދުމަތްތައް ދޭފަރާތްތަކުންވެސް ޚިދުމަތް ދޭންވާނީ ކަސްޓަމަރަކީ ވެކްސިން ޖަހާފައިވާ މީހެއްކަން ކަށަވަރު ކުރުމަށްފަހުގައިކަމަށް ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިގޮތައް އަމަލުކުރަން ނިންމީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމުގެ ގޮތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: