ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ރަސްމީ ހޮޓްލައިން ނަންބަރެއް، ކަސްޓަމަރުންނަށް ފަސޭހަވާނެ!

އެމްޓީސީސީގެ ރަސްމީ ހޮޓްލައިން ތައާރަފްކުރުމުގެ ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ގުޅޭ ރަސްމީ ހޮޓްލައިން ނަމްބަރ 1650 އެކުންފުނިން ލޯންޗްކޮށްފިއެވެ.

ހޮޓެލް ޖެންގެ ބޯލް ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ރަސްމީ ހޮޓްލައިން ތައާރަފްކޮށްފައިވާއިރު، މި ބައްދަލުވުމުގައި އެމްޓީސީސީގެ ފަރާތުން މައުލޫމާތުދިނުމަށް ބައިވެރިވެފައިވަނީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި، ޗީފް އޮޕްރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީއެވެ.

ގިނަ ތަފާތު ވިޔަފާރީތަކެއްގައި ޝާމިލުވާ ކުންފުންޏެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެކުންފުނީގެ ހޮޓްލައިން ނަމްބަރ ލޯންޗްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެއް ނަންބަރަކުން ކުންފުނީގެ ހުރިހައި ޚިދުމަތްތަކާއި، އޮޕަރޭޝަންތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ލިބޭ ނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

މީގެތެރޭގައި އެމްޓީސީސީގެ ހުރިހާ ޑިވިޜަންތަކާއި ގުޅުންހުރި ސުވާލުތަކަށް އެ ހޮޓްލައިން މެދުވެރިކޮށް ޖަވާބު ހޯދޭނެކަމަށާއި، އެ ހޮޓްލައިން ލޯންޗުކުރުމާއެކު އެމްޓީސީސީން ކަސްޓަމަރުންނާ ކޮންޓެކްޓް ކުރަން މިހާރު ބޭނުންކުރާ ނަންބަރުތައް މަސްދުވަސްތެރޭގައި ބޭނުންކުރުން ހުއްޓާލެވިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މި ހޮޓްލައިންގެ ޙިދުމަތް ދިނުމަށް އެ ކުންފުނިން ވަނީ ހާއްޞަ ކޯލް ސެންޓަރެއް ޤައިމްކޮށްފައެވެ. އަދި އެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކަސްޓަމަރުންނަށް ޙިދުމަތް ދިނުމާ ގުޅޭ ޙާއްސަ ތަމްރީން ދެވިފައިވާ މުވައްޒަފުންކަމަށް އެމްޓީސީސީން ބަނީ ބުނެފައެވެ.

އަދި މި ޚިދުމަތަކީ 24 ގަޑިއިރު ލިބޭނެ ހިދުމަތެއް ކަމަށާއި، އެއީ ޓޯލް ފްރީ ޚިދުމަތަކަށް ވުމުން އެ ނަންބަރަށް ގުޅާ އެއްވެސް ކަސްޓަމަރަކަށް ޗާޖެއް ނުކުރާނެކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ މި ޙިދުމަތް ތަޢާރަފު ވުމާއެކު އެކުންފުނީގެ ވަކިވަކި ނަންބަރުތަކަށް ގުޅައިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބަދަލުގަ ލުއިފަސޭހަކަމާއެކު އެއް ނަންބަރަކުން ހުރިހާ ބާވަތެއްގެ ސުވާލުތަކަކަށް
ޖަވާބު ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: