ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުނާފް ފަނޑިޔާރުގެ ވޯޓު: ބޮޑު ތަފާތަކުން ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރިހޯއްދަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓުން ހޮވިއްޖެ އެވެ.

އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މެމްބަރުން އިންތިހާބުކުރީ ރޭ ބޭއްވި ޖަލްސާގައި އެވެ. މި ޖަލްސާގައި 124 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އިންތިހާބުކުރަން ޖެހޭ 9 މެމްބަރުންގެ މަޖިލހަށް 18 މެމްބަރުން ކުރިމަތިލި އެވެ.

މި އިންތިހާބަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނުވަ ފަރާތަކަށް ތާއީދު ކުރައްވައިފައެވެ. އަދި ރައީސް ސޯލިހު ވެސް ވަނީ ނުވަ ފަރާތަކަށް ތާއީދު ކުރައްވައިފައެވެ.

އޭގެ ތެރެއިން ކޮމެޓީއަށް އިންތިހާބުވެފައިވަނީ:
1. އަހްމަދު ރިޝްވާން
2. ފާތިމަތު އިނާޝާ
3. ހުސެއިން ރަޝީދު
4. އިބްރާހިމް މުހައްމަދު ދީދީ
5. އަހްމަދު މައުރޫފު
6. ނައުޝާދު އަބްދުލް އަޒީޒް
7. އަހްމަދު ނިޝާދު
8. އާދަމް މާހިރު
9. އަނަސް އަބްދުއް ސައްތާރު

މި ބޭފުޅުންގެ ތެރޭގައި ހިމެނޭ އެންމެ އަހްމަދު ރިޝްވާން، ފާތިމަތު އިނާޝާ، ހުސައިން ރަޝީދު، އިބްރާހީމް މުހައްމަދު ދީދީ، އަހްމަދު މައުރޫފް، ނައުޝާދު އަބްދުލް އަޒީޒް، އަހްމަދު ނިޝާދު، އާދަމް މާހިރު އަދި އަނަސް އަބްދުއްސައްތާރަކީ ރައީސް ސޯލިހު ތާއީދު ކުރެއްވި ކެންޑިޑޭޓުންނެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކީ ގާނޫނީ ވަކީލަކަށްވާން ޖެހެ އެވެ. އެ މަޖިލީހަށް އިންތިހާބުކުރި ނުވަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަކީ އެ މަޖިލީހުގެ ރައީސްގެ ޝަރުތު ހަމަވާ ގާނޫނީ ވަކީލުންނެވެ. އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ތެރެއިން ނެގޭ ވޯޓަކުންނެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 56%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: