ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްހާން އެދެނީ އެމްޑީޕީން ވަކި ކުރި މައްސަލަ، އާ އިސްތިއުނާފް މަޖިލީހުން ބަލައިދޭން!

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ނައިބް ރައީސްކަން ވެސް ކުރެއްވި އަލްހާން ފަހުމީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނަވަނިކޮށް އުސޫލުތަކާއި ހިލާފުވީ މައްސަލައިގައި ޕާޓީން ވަކި ކުރި މައްސަލަ ބަލައިދޭން އަލަށް އިންތިހާބު ކުރި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

އެމްޑީޕީގެ މުހިއްމު އެއް މަޖިލިސް ކަމަށްވާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ރޭ ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.

އަލްހާން އެމްޑީޕީން ވަކިކުރީ 2016 ގަ އެވެ. 2014 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅައި އަލްހާން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރި ނަމަވެސް އޭނާ ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއި އެވެ. އެހެންވެ، އަމިއްލަ ގޮތުން އައްޑޫ ފޭދޫ ދާއިރާއަށް އޭނާ ވާދަ ކުރީ އެވެ.

ޕާޓީގެ އުސޫލާއި އަސާސްތަކާއި ހިލާފުވި މައްސަލައިގައި އަލްހާން އެމްޑީޕީން ވަކި ކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރެއްގެ ސޮއިކޮށް މައްސަލަ ހުށަހެޅުމުންނެވެ. އަލްހާން އެކަމާއި ދެކޮޅު ހެދުމުން ޕާޓީ އާއި އަލުން ގުޅޭނަމަ ޝަރުތުތަކެއް ކަނޑައެޅި އެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް އަލަށް 50 މެމްބަރުން ވެއްދުމާއި، އޭނާގެ އަމަލަށް ޕާޓީގެ މެމްބަރުންގެ ފަރާތުން މައާފަށް އެދުން ހިމެނެ އެވެ. އަލްހާންގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ 2019 ވަނަ އަހަރުގެ ނިޔަލަށް ޕާޓީގެ އެތެރޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިޔާލުތަފާތުވުންތަކެއް އުފެދި އަލަށް ނެގި ފަނޑިޔާރުންގެ މަޖިލީހަށް ދެބޭފުޅުންގެ ފަރާތުން ވެސް ކެނޑިޑޭޓުން ނެރުއްވި އެވެ. އަދި ފަސޭހަކަމާއި އެކު އިންތިހާބު ކާމިޔާބުކޮށް ކުރި ހޯއްދެވީ ރައީސް ސޯލިހެވެ.

މީގެ ކުރިން އޮތް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އަބަދުވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ، އަލްހާން ޓްވީޓެއް ކުރައްވައި ވިދާޅުވީ 2016 ގައި އޭނާ އެމްޑީޕީން ވަކި ކުރި މައްސަލަ ހުށަހެޅިތާ ފަސް އަހަރު ވެފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ ހުށަހަޅާފައިވާ މައްސަލައިގައި ވީހާވެސް އަވަހަށް ގޮތެއް ނިންމައިދޭން އެދޭކަމަށް ވިދާޅުވި އެވެ.

އަލްހާން ވަނީ އޭރުގެ ޕާޓީގެ ސެކޭޓްރީ ޖެނެރަލްއަކަށް ހުންނެވި އަނަސް އަބްދުއްސައްތާރުއަށް އެޑްރެސް ކުރައްވައި ފޮނުވި ސިޓީ ވެސް ޓްވީޓު ކުރައްވާފަ އެވެ. ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުން އިސްތިއުނާފު ކުރުމަށް އަލްހާން ހުށަހެޅީ އެމްޑީޕީގެ އަސާސީ ގަވައިދުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ޕާޓީ އާއި އަލަށް ގުޅޭނަމަ އެޅުމަށް ނިންމާފައިވާ ފިޔަވަޅުގެ ސަބަބުން އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ގެއްލޭކަން ފާހަގަކޮށް އަލްހާން ވިދާޅުވީ އޭނާއަކީ 2018 ގެ ރިޔާސީ އިންތިހާބަށް ޕްރައިމެރީގައި ވާދަކުރާނެކަން ވެސް އިއުލާނު ކުރި މީހެއް ކަމަށެވެ. އެހެންވެ އަލްހާން އެދުނީ މައްސަލަ ބަލާ މަޖިލީހަކީ އާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހަކަށް ހެދުމަށް ވެސް ހުށަހަޅާފަ އެވެ.

ފަސް އަހަރު ވެގެން ދިޔައިރު ވެސް މި ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަން އަލްހާން ފާހަގަކުރައްވަ އެވެ.

އަލްހާން އެންމެ ފުރަތަމަ ސިޔާސީ ހަޔާތް ފެއްޓެވީ އޭރުގެ އެންމެ ވަރުގަދަ ޕަޓީކަމަށް ވާ ޑީއާރުޕީންނެވެ. އައްޑޫ ފޭދޫ ދާއިރާގެ ގޮނޑި 2009 ގައި ކާމިޔާބު ކުރެއްވީ ވެސް އެ ޕާޓީގެ ޓިކެޓުގައެވެ. އެއަށް ފަހު އެ ާޕާޓީއާއި ވަކި ވެ، އެމްޑީޕީއާ ގުޅިވަޑައިގެން ޕާޓީގެ ނައިބު ރައީސްގެ މަގާމު އަދާ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: