ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޑިއޯގެ މައްސަލަ ތަޅުމުން ބޭރުކޮށްލުމުން ކޮމެޓީއަށް

ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ފަސް އަހަރު ދުވަހުގެ ހުކުމް އިއްވުމުގައި، ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އިންޒާފުވެރިކަމާއެކު އެ މައްސަލަ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ތިން ކޮމިޓީއަކަށް ހުށަހަޅައިފި އެވެ.

މައްސަލައާ ގުޅޭ ގޮތުން ނެގި ވޯޓުގައި، އެ މައްސަަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުން ނެވެ. ނުފެންނަކަމަށް 20 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ކޮޅަކަށް 27 މެމްބަރަކު ވޯޓެއް ނުދެއްވި އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައި ނުގަތުމުން 241 ކޮމިޓީ، ހިއުމަން ރައިޓްސް ކޮމިޓީ އަދި ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވާ ހުށައެޅުއްވި މައްސަލާގައި ވަނީ،

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރި ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ޙުކުމްކުރި ބެންޗުގައި ތިބި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީ، ބިރުދައްކާފައިވާކަން އެނގޭ އޯޑިއޯތަކެއް ލީކުވެފައިވާކަމަށެވެ.

އެއޯޑިއޯތަކުގައި، ރައީސް ޔާމީނަށް ޙުކުމްކުރި ފަނޑިޔާރަކަށް ލިބޭނެކަމަށް ކުރިން އަންގާފައިވާ މަގާމުގެ ކުރިއެރުން މިހާރު ލިބިފައިވާކަމަށާއި، ބެންޗުގައި ދެން އިންނެވި ފަނޑިޔާރަކަށް ލިބޭނެކަމަށް ބުނެފައިވާ މަޤާމުގެ ކުރިއެރުން ލިބިފައި ނުވާކަމުގެ ޝަކުވާއާއި އެ ފަނޑިޔާރު ރައީސް ޔާމީނަށް ނުޙައްޤު ހުކުމްކުރި ބެންޗުގައި އިންނެވީ އުކުމުގައިވާ އެއްޗެއް ނޭނގޭ ޙާލުގައި ވެސް ސަރުކާރުން އަންގާފައިވާތީކަން ސާފުކޮށް ބުނެފައިވާކަން ވަނީ ބަޔާންކޮށްފައެވެ.

ރައީސް ޔާމީނަށް ނުޙައްޤުން ހުކުމް ކުރުވުމުގައި ރިޝްވަތު ދިނުމާއި ބިރުދެއްކުމާއި މަޖުބޫރުކުރުންތަކެއް ފަނޑިޔާރުންނަށް ކުރިމަތިވެފައިވާކަން ސާފުވާކަމަށްވެސް 241 ކޮމިޓީއަސް ހުށައެޅި މައްސަލާގައިވެއެވެ.

“ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ އަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ކަމުގައި ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބުނެފައިވެއެވެ. އެހެންކަމަށްވާއިރު، ލީކުވެފައިވާ އޯޑިއޯގައި އެ ވާހަކަތައް ދައްކާފައިވާއިރު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 141 ވަނަ މާއްދާގެ (ނ) އާ ބަޔަކު ޚިލާފުވައިވާކަމާއި އަދި ޤާނޫނު ނަންބަރު 2/2000 ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާއި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވެފައިވާކަން އެނގެއެވެ.” އިދިކޮޅުގެ މައްސަލާގައިވެއެވެ.

އެހެންކަމުން ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ރިޝްވަތުދީ، ބިރުދައްކާފައިވާކަމަށް އޯޑިއޯގައި ބުނެފައިވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުން އެދޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: