ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންދުކުރަން އެންގި މަގުތައް ނުހުޅުވާނަމަ ކޯޓަށް ދާނަން: މުއިއްޒު

މާލެ ސިޓިގެ މޭޔަރު ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން ބަންދުކޮށްފައިވާ މާލޭގެ ބައެއް މަގުތަށް ނުހުޅުވާނަމަ، އެމައްސަލަ ކޯޓަށް ހުށައަޅާނެކަމަށް މާލެ ސިޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވަނީ ކުޑަކުދިންގެ ބަގީޗާ ކޮށްޓާއި، ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ދޭތެރޭ އޮންނަ ކަށިމާ ހިނގުމުގެ އިތުރުން ސްޓެލްކޯ ޕަވަރ ހައުސް ކޮށްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ އޮންނަ މަގު އާއްމުންނަށް ބޭނުންން ނުކުރެވޭފަދައިން ބަންދުކޮށްފައެވެ.

މިކަމާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ޑރ. މުއިއްޒު ވަނީ އެ މަގުތަކާއި ގޯޅިތަށް ހުޅުވުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ލިޔުމުން އަންގާފައިވާނެ ކަމަށް ބުނެފައެވެ. އަދި މިމަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން އެއް މަސްދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް އެމަގުތައް ހުޅުވައި އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ސްޓެލްކޯއިން ބުނެފައިވާކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އެމަގުތައް ހުޅުވާލައިފިނަމަ މާލެ ސަރަހައްދަށް ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާކަމެއް ކަމަށާއި، އެކަން އެހެން ކުރުމަކީ އުނދަގޫ ކަމެއް ކަމަށް އެކުންފުނިން ހާމަކޮށްފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ބަންދުކޮށްފައިވާ ގޯޅިތަކަކީ ދާއިމަށް ދީފައިވާ ގޮޅި ތަކެއް ނޫންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ ގޯޅިތަކާއި މަގުތަށް ހުޅުވާލުމަށްޓަކައި ކޯޓަށް ދާންޖެހޭނަމަ އެކަންވެސް ކުރައްވަން އެމަނިކުފާނު ހުރީ ތައްޔާރަށްކަމަށެވެ.

ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއިން ބައެއް މަގުތައް ބަންދުކޮށްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެމަގުތައް ހުޅުވާލުމަށް މޭޔަރު މުއިއްޒު އަންނަނީ ގޮވާލަމުންނެވެ، ސްޓެލްކޯއާއި މާލެ ސިޓީ ކައުންސިލާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް ހުރެ ކުންފުންޏާއި ކައުންސިލުން އަންނަނީ ބަހުގެ ހަމަލާތަކެއް އަމާޒުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: