ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރަށް މުސާރަ ދެވުނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުން: ފިނޭންސް

ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް މުވައްޒަފުންނަށް އިތުރަށް މުސާރަ ދެވުނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުންކަމަށް ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކުރިއިރު، ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 60،000 ރުފިޔާއާއި 70،0000 ރުފިޔާއާއި ދެމެދުގެ އަދަދުތަކުން ވަނީ މުސާރަ ޖަމާކުރެވިފައެވެ. އަދި ބައެއް މުވައްޒަފުންނަށް 4000 ރުފިޔާއާއި 7000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް މުސާރައިން އުނިކޮށް، ޖަމާވެފައިވާކަމަށް ބުނެ ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ މީޑިޔާ ގްރޫޕްގައި ނޫސްވެރިން ސުވާލުކުރުމުން މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އޮގަސްޓްމަހުގެ މުސާރަ މުވައްޒަފުންނަށް ޖަމާކުރިއިރު ހެލްތު ސެކްޓަރގައި މަސައްކަތް ކުރާ 1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންނަށް އިތުރަށް ފައިސާ ޖަމާކުރެވިފައިވާއިރު ބައެއް މުވައްޒަފުންނަށް މުސާރަ މަދުން ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީނ މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ 31 އޮގަސްޓް ވަނަ ދުވަހުގެރޭގެ 7:45 ގައި ކަމަށެވެ. މިގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުންކަމަށް ފިނޭންސްއިން ބުނެއެވެ.

މީގެ އިތުރަށް މި މައްސަލަ ފާހަގަ ކުރެވުމާއެކު ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ މުވައްޒަފުންނަށް އެފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ, އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރަ އާއި ގުޅުންހުރި މަސައްކަތްތައް ރާވާފައިވާ ކަމަށްވެސް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: