ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 41,487,304.04 ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކައި 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ލައި، 428.32 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ލެވިގެން ދާނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައިވާ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ހެކްޓަރުގެ ޕިކްނިކް އައިލެންޑްއަކާއި ސޭންޑްބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނަގަން ހަމަޖެހިފައިވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. އެއީ މިހާރު ވެސް ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކަށް ވެލި ނަގަމުންދާ ސަަރަހައްދު ކަމަށާއި މި ޕްރޮޖެކްޓަށް 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: