ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ 100 ދުވަހުގެ ވައުދެއް: ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރެވޭނެ ދުވަހެއް ނޭނގޭ!

ޖޭއެސްސީގެ ބައެއް މެމްބަރުން، ކޮމިޝަންގެ ރައީސް ހިސާން އާއި، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި މަސްތޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ބައެއްގެ ނުފޫޒުތަކެއް ވަންނަގޮތަށް އެކުލެވިފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ މަސައްކަތް ދައުރު ނިމުމުގެ ކުރިން ތަންފީޒު ކުރެވޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނާއި، ކޯޓުތަކުގެ ގާނޫނު އަދި ފަނޑިޔާރުންގެ ގާނޫނު ރިވިއުކޮށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެނޫން ވެސް ކަމާ ގުޅޭގޮތުން އަމަލުކުރެވޭ ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކަށް ބިނާކޮށް، ޢަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ. ސަރުކާރުގެ ވައުދުތަކުގައި ހިމެނި، ވެރިކަމަށް ތިން އަހަރުވާން ގާތްވީއިރު ވެސް އެފަދަ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ރަނގަޅު އަދި މުހިންމު އިސްލާހުތަކާއި އެކު އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް (ޓޮމް) މަޖިލީހަށް ބިލެއް ހުށަހެޅުމުން އެމްޑީޕީގެ މެމްބަރު އެ އިސްލާހު ބޭރުކޮށްލީ އެވެ.

ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި 161 ވަނަ މާއްދާ އާއި 162 ވަނަ މާއްދާ އަދި 165 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އިދިކޮޅުން މަޖިލީހަށް ބިލެއް ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު އެ ބިލް ބޭރު ކުރަން ވޯޓު ދީ އިބްދިދާއި ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. ކިރިޔާ ވެސް ނިޒާމީ ނުކުތާތަކެއް ނެންގެވި މެމްބަރުން ވިދާޅުވީ މިއީ އެމްޑީޕީގެ ވައުދެއްކަމަށާއި، ސަރުކާރުން އެ ބިލު ޑްރާފްޓު ކުރަމުންދާއިރު މިފަދަ ބިލެއް އިދިކޮޅުން ހުށަހެޅީ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށެވެ.

ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އެ ކޮމިޝަނުގައި ސިޔާސީ ބަޔަކު ތިބުން އެއީ ފުށުއެރުމެއް ނޫން ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ފަނޑިޔާރުންގެ ނަޒާހާތްތެރިކަން ކަށަވަރު ނުކުރެވޭކަމާއި، އަދި ޖޭއެސްސީގެ ކޮމްޕޮޒިޝަން ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ބަދަލު ކުރުމަށް ވީ ވައުދު ނުފުއްދޭ ސަބަބާއި ގުޅޭގޮތުން “ސަންގު ޓީވީ” އިން ސުވާލު ކުރުމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މަސައްކަތް ފެށޭނީ ސީދާ ކޮން ތާރީހެއްގައި ދަންނަވަން ދަތި ކަމަށެވެ. މަސައްކަތް ވަރަށް ބޮޑުތަނުން ލަސްވެފައިވާކަން އިއުތިރާފުވެ މަބްރޫކް ވިދާޅުވީ ދައުރު ނިމުމުގެ ކުރިން ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލު ކުރެވޭނެ ކަމަށެވެ.

“މި ވެގެން ދާނީ ޖުޑިޝަރީ ނިޒާމަށް ގެނެވޭނެ އެންމެ ބޮޑު ބަދަލަކަށް، އެ ކަން ކުރަން ރަނގަޅު ދިރާސާއެއްގެ މައްޗަށް އެ ކަން ކުރަން ވެސް ވާނީ، އެހެންވީމަ ރަނގަޅު ދިރާސާއެއްގެ މައްޗަށް ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާނެ” މަބްރޫކް

ޖޭއެސްސީ އެކުލަވާލާފައި އޮންނަ ގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނަށް ތިބެވެ އެވެ. އަދި އެ މީހުންގެ ސަބަބުން ފަނޑިޔާރުގެތަކަށް ނުފޫޒު ވަންނަކަމަށް ތުހުމަތުތައް ކުރެވެ އެވެ. އަދި އެ ފުރުސަތު އޮންނާނެކަން މީޑިއާތަކުން ވެސް ރިޕޯޓު ކުރެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ މީހުން މަގާމުން ވަކިކޮށްފަ އެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުގައި ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުން ތިން ގާޒީއެއްގެ އޯޑިއޯތަކެއް ލީކުވި މައްސަލަ ވެސް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ އޯޑިއޯތަކުގައި ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަން ދޭހަވާ މޭރުމަކުން އެ ބޭފުޅުން ވާހަކަ ދައްކަވަ އެވެ.

ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެ ބޭފުޅުން ވަނީ 2018 ގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ވެސް ވަކާލާތުކޮށްފަ އެވެ.

ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތާއި އެކު، ރައީސްގެ މަންދޫބެއްގެ ގޮތުން މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: