ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮލީވުޑްގެ މަޝްހޫރުތަރި ސިދްހާރްތް ޝުކްލާ މަރުވެއްޖެ!

ސިދްހާރްތް ޝުކްލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ މަޝްހޫރު ތަރި އަދި އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ބިގް ބޮސްގެ ސީޒަން 13 ގައި އެއްވަނަ ހޯދި ސިދްހާރްތް ޝުކްލާ ކުއްލިގޮތަކަށް މަރުވެއްްޖެއެވެ.

އޭނާ މަރުވެފައިވަނީ އުމުރުން 40 އަހަރުގައެވެ. ސިދާރްތް މަރުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެނެވުނު އިރުގައިވެސް އޭނާ އޮތީ މަރުވެފައިކަމަށް ޑޮކްޓަރ ޝުކްދޭވް އޮފް ހޮސްޕިޓަލް އިން ވަނީ މައުލޫމާތުދީފައެވެ.

އަދި އޭނާގެ މަރާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންގެ ތަހުގީގު ކުރިއަށް ދިއުމާއިގުޅިގެން، ޕޯސްމޯޓަމް ހަދަން ނުފަށާކަަމަށްވެސް އެހޮސްޕިޓަލުން ވަނީ މައުލޫމާތުދީފައެވެ.

ސިދާރްތް އޭނާގެ ފިލްމީ ކެރިއަރ އެންމެ ފުރަތަމަ ފެށީ “ބާބުލްކާ އަންގަން ޗޫޓޭނާ” ގައި ބަތަލެއްގެ ރޯލަކުން 2008 ވަނަ އަހަރުގައެވެ. އަދި އެއަށްފަހުގައި ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތެއް އޭނާ ވަނީ ކޮށްފައެވެ. ހަމައެހެންމެ މިދިޔަ އަހަރު ނޭހާ ޝަރްމާއާއިއެކުގައި ކުޅުނު “ދިލްކޯ ކަރާރް އާޔާ” ގައި އޭނާއާއި ނޭހާ ކުޅެދިން ލަވަ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ނަމަވެސް އޭނާގެ ކުއްލި މަރާއި ގުޅިގެން ގިނަ ބަޔަކު ސިހުމެއްގައި ވާއިރު، މިކަމާއި ގުޅިގެން ފިލްމީ ތަރިން ދަނީ ސޯޝަލްމީޑިޔާގައި ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާކިޔަމުންނެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 27%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 64%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: