ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ގަޓު ހުރިއްޔާ އިންތިހާބުގައި ރައީސް ޔާމީނާއި ވާދަކުރޭ: ޝުޖާއު

ޕީޕީއެމް، ޕީއެންސީ އިން އައްޑަނައިގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ގަޓު ހުރިކަމަށް ވާނީ 2023 ވަނަ އަހަރުގައި އެމްޑީޕީން ވަކިވެވަޑައިގެން ރައީސް ޔާމީނާއިއެކު އިންތިހާބުގައި ކުރިމަތިލައްވައިގެންކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

“އައްޑަނަ” ގެ ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު މިހެން ވިދާޅުވެފައިވަނީ ހައްގުގެ މަގަށް ރައީސް ޞާލިހް ރުޖޫއަވެ، އަލީ ޒާހިރު މެދުވެރިކުރައްވައި ފަނޑިޔާރުގެތަކަށް ފޯރުވާ ނުފޫޒު މިހާރުން މިހާރުން ހުއްޓާލުމަށް ގޮވާލަމުންނެވެ. ކުރީގެ ރައީސް ޔާމީންނަށް ނުހައްގުން އިއްވާފައިވާ ހުކުމް މިހާރުން މިހާރަށް ބާތިލްކޮށްދިނުމަށް ގޮވާލައި ރައީސް ޞާލިހުގެ ހުންނެވި ގަޓުކަމެއް ފެންނާނީ އެމަނިކުފާނާއިއެކުގައި އިންތިހާބުގައި ވަގަކުރައްވަން ކެރުންކަމަށް ޝުޖާއު ވަނީ ވިދާލުވެފައެވެ.

ހަމައެހެންމެ އެނޫން އެއްވެސް ޝަރުތެއް ދިވެހި ރާއްޖޭގެ ސިޔާސީ ގަބޫލުކުރާކަށް ނުތިބޭކަން ފާހަގަކުރައްވައި، ޝުޖާއު ވަނީ ރައީސް ޞާލިހް އެންމެ ބޭނުންވެލައްވާ ވަގުތުގައި ފަހަތް ބައްލަވާގަޑީގައި އެކަކުވެސް ނުހުންނާނެކަމަށާއި، ކާރީގައި ޕާޓީގެ ފަރާތުން ތިއްބެވީ ހުސް ވަގުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ސަރުކާރުން ކައްތައްތައް ކުރަމުން ގެންދަވާގޮތަށް ފާޑުވިދާޅުވެފައެވެ. އަދި ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ބުނެފައިވީނަމަވެސް ފިހާރަތަކުގަޔާއި، އެހެނިހެން ކެފޭތަކުގަޔާއި މަހައް ދިއުމުގެ އިތުރުން ދަނޑުހެއްދުމަށާއި، އެހެނިހެން ވަޒީފާތަކަށްވެސް ބިދޭސީން ގެނައުމާއި ގުޅިގެން އެކަމާއި ފާޑުވިދާޅުވެފައެވެ.

ރާއްޖޭގައި ކަންތައްތައް ވަމުންދާ ގޮތާއިމެދުގައި ވިސްނަންޖެހޭކަން ފާހަގަކުރައްވައި ޝުޖާއު ވަނީ މި ސަރުކާރުގައި ނުހައްގުން ފިޔަވަޅު އަޅާ މީހުންގެ މައްޗަށް ޝަރީއަތްތަކެއް ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި އެއްވެސް ޝައްކެއްނެތްކަމަށާއި، ފަނޑިޔާތުން ޒިންމާދާރުވާންޖެހޭކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މިގޮތުން ފަނޑިޔާރުންގެ ފަރާތުން ނުހައްގުން ހުކުމް ކުރުމުގެ ބަދަލުގައި ސަރުކާރުން އެބޭފުޅުން މަގާމުން ވަކިކުރުމަށް ހަމަޖައްސާފައިވީނަމަވެސް، ނުހައްގުން އަދަބު ދޭ ފަނޑިޔާރުންނަށް ހަމައެކަނި ވަޒީފާއިން ވަކިކުރެވިގެން ނުވާނެކަމަށާއި، އެމީހުންނަށް އެކަށީގެންވާ ހައްގު އަދަބު ދެވެންޖެހޭނެކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމަށް ޕީޕީއެމް ސަރުކާރު އިންތިހާބުވެއްޖެނަމަ، ކުށުގެ ބޮޑެތި މައްސަލަތައް ހުންނަ ބޭފުޅުން އިސް މަގާމުތަކުގައި ނުތިއްބަވާނެކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފިއްލަދޫގެ އިހްތިޞާސްގައިވާ ދައްޕަރު އެރަށުގެ އިހްތިޞާސުން ބޭރުކޮށލި މައްސަލައާއި ގުޅިގެން ޝުޖާއު ވަނީ އެމައްސަލައާއި ގުޅިގެން ވަކި އެއްޗެކޭ ނުބުނެވި، މައުލޫމާތު ހިއްސާނުކުރެވި ރަށް ބޭރުކޮށްލުމާއި ހަގީގަތް ނޭނގޭ ކަންތައްތަކެއް ހިނގަމުންދަނީ އެރަށް ބަޔަކަށް ވިއްކާލުމާއި ގުޅިގެންކަމަށެވެ.

ގައުމުގެ ހުރިހައި ކަމެއް ބޮއްސުންލާފައިވާކަމަށާއި، އިންސާފު ވަނީ ގެއްލިފައިކަން ފާހަގަކުރައްވައި ޝުޖާއު ވަނީ މި ސަރުކާރުން ކުޑަކުދިންނަށް ނާސްތާގެ ޕްރޮގްރާމުގެ ނަމުގައި ވައްކަން ކޮށްފައިވާކަމަށާއި، އެކުދިންނަށް ޝިރުކުގެ ނުބައި އަމަލު ދަސްކޮށްދިނުމަށް މަސައްކަތް ކުރާކަމަށް ސަރުކާރަށް ތުހުމަތުތަކެއް ކުރައްވާފައެވެ.

ހަމައެހެންމެ ރައީސް ޔާމީންގެ ވެރިކަން ނިމުމާއިއެކީގައި ޕީއެންސީ ޕާޓީ އުފެދުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކަށް ހުރަސްއެޅުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި، ޝުޖާއު ވިދާޅުވީ އެދުވަސްވަރު އިލެކްޝަން ކޮމިޝަންގެ ތެރެއިން ވަރަށް ގިނަ ދުއްތުރާތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންކަމަށެވެ.

އަދި 10،000 މެމްބަރުންގެ ފޯމު ފުރާފައިލުމުން، ހުރިހައި ފޯމެއް ފުލުހުންނަށް ފޮނުވައިގެން ފިންގާ ޕްރިންޓު ވެރިފައކުރުމާއި އެހެނިހެން ގޮތްގޮތުން އެމަސައްކަތްތައް އިތުރަށް އުނދަގޫ ކުރުވިކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމްއެންޕީ އުފެއްދުމަށް ކުރާ މަސައްކަތްތަކާއި އެޕާޓީގެ ކަންކަން ދަނީ މިފަދައިންނެއް ނޫންކަން ޝުޖާއު ފާހަގަކުރައްވާފައިވެއެވެ.

އިދިކޮޅު ޕީޕީއެމްއިން ކާނިވަލް ސަރަހައްދުގައި އެޕާޓީގެ އައްޑަނަ ޖަލްސާ ބާއްވާފައިވާއިރު، މި ޖަލްސާގައި އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: