ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީގައި އަޅުގަނޑު ބައްޔެއް ނުވާނެ: ނަޝީދު

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕްރައިމަރީގައި ބައްޔެއް ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މެއި 6ގައި ދިން ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި އެމަނިކުފާނު ބަލި ނުކުރެވޭނެ ކަމަށެވެ.

“ޕްރައިމަރީއިން އަޅުގަނޑު ބައްޔެއް ނުކުރެވޭނެ. އަޅުގަނޑަކީ ގަދަވުމަށް އިންތިހާބުތަކުގަ ވާދަކުރާ މީހެއް،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އެމްޑީޕީން ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޓިކެޓް ކަމަށެވެ. އަދި އެ ޓިކެޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ އެވަގުތު އެމަނިކުފާނަށް ކުރިމަތިނުލެއްވޭނެ ހާލަތެއް އޮތުމުން ކަމަށެވެ.

އަދި ޕްރައިމަރީ އަކާ ނުލައި ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންނެވި ނަމަވެސް ޕްރައިމަރީއާ ނުލައި ޓިކެޓް ލިބޭނެ އުސޫލެއް އެމްޑީޕީގައި
ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: