ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮތްތަކުގައި ހުރި މައްސަލަތަކަށް އިހުމާލުވި ފަރާތްތައް ދެނެގަތުމަށް ކޮމިޓީއެއް

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތް މައްސަލާގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ގްރޭޑް އެކެއް އަދި ދޭއްގެ ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފެންމަތިވެފަ އެވެ. އަދި އިއްޔެ ވަނީ ގްރޭޑު ދޭއް އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަން ހާމަވެފަ އެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މައްސަލަތަކެއް ހުރި ހަތަރު ފޮތެއް ފާހަގަކުރެވިފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފޮތްތައް އެކުލަވާލުމަށްފަހު ޕްރޫފް ރީޑް ކުރުމުގެ މަރުޙަލާ ކުރިއަށްގެންދާ ކަމަށާ އެ މަރުޙަލާއަށްފަހު އިސްލާމިކް މިނިސްޓްރީން ވެސް ފޮތްތައް ފާސް ކުރާ ކަމަށެވެ.

އެގޮތުން އެ ދެ މަރުހަލާގައި ވެސް އެންމެ އެކަށީގެންވާ ވަރަށް ބެލިފައި ނުވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ފޮތްތަކުގައި މައްސަލަ ދިމާވި ސަބަބުން ދެނެގަތުމަށް މަސައްކަތް ފަށާފައިވާކަމަށާއި މިކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަސް ކޮމިޓީއެއް އެކުލަވާލާފްއިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: