ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތި ހޯދުމަށް ސަރުކާރުން ވަނީ ރައްޔިތުން މޯގޭޖްކޮށްފައި: ސެމްބެ

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުން ކާންބޯން ފައިސާ ހޯދަމުންދަނީ ރައްޔިތުން މޯގޭޖްކޮށްފައިކަަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ ބިލަކީ މުހިންމު ބިލެއް ކަމަށާއި ބިލުގަ ހިމަނާފައިވާ ކަންކަމަކީ މުހިންމު ކަންތައްތަކެއް ކަމަށެެވެ. އެހެންނަމަވެސް ބިލުގައި ހިމަނާފައިވާ ކަންކަން ތަންފީޒްކުރެވޭނެ މިންވަރަށް ސަރުކާރު ގާބިލްތޯ ސުވާލު އުފެދޭ ކަމަށެވެ.

ބިލުގައި ހިމަނާފައި ހުރި ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި، މެމްބަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގަން ހިމަނަފައިވަނީ ދައުލަތުގެ ބަޖެޓު ދިރުވާލަން ކަމަށެވެ. ދިވެހިންނަށް މިކަން ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށާއި ދިވެހި ރައްޔިތުން ކާންބޯން ބޭނުންކުރާ ތަކެތި ސަރުކާރުން ހޯދަމުން ދަނީ ދިވެހި ރައްޔިތުން މޯގޭޖްކޮށްގެން ކަމަށް ވިދާޅުވިއެވެ. އަދި މިއީ ދިވެހި ތާރީހުގައިވެސް އަލަށް ކުރާކަމެއްގެ ގޮތުގައި މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.

“ދެން ކިހިނެއްތޯ މިއީ ހެޔޮވެރިކަމެކޭ ބުނީމަ އަޅުގަނޑުމެން ގަބޫލުކުރަނީ؟ ކިހިނެއްތޯ މިފަދަ ގާނުނަކުން ކާބޯތަކެތީގެ ރައްކާތެރިކަން ފޯރުކޮށްދޭނަމޭ ބުނީމަ އެކަން ގަބޫލުކުރަނީ؟” ސެމްބެ

މެމްބަރު ވިދާޅުވީ، މިދަތި ހާލަތުގައިވެސް އާންމުންނަށް ހަނޑޫކިލޯއެއް ގަންނާނެ މިންވަރަށްވެސް ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ ކަންބޮޑުވުން މިވަގުތު އޮތީ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށްވޭނެފަދަ ފެންވަރު ދައުލަތުގައި ނެތުމުންކަމަށް ވިދާޅުވިއެވެ.

މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވާހަކަދައްކަވަމުންދިޔަ ވަގުތު އެމްޑީޕީގެ އެކި މެމްބަރުން ވަނީ އެކި ފަހަރުމަތިން ނިޒާމީ ނުކުތާތައް ނަންގަވާފައެވެ. ނިޒާމީ ނުކުތާތައް ނަންގަވައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކާބޯތަކެތި އަގުބޮޑުކޮށްފައިވަނީ އެއީ އާންމުންނަށް ފަސޭހައަކަަށްތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިފަދަ ބިލުތަކާއެކީ މީގެ ފަހުން މުލިޔާގޭގައި ޗޮކްލެޓާއި ހަނޑޫ ކިލޯ ބަންދުކޮށް މީހުންނަށް ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނެވެ. ބިލު ފާސްވެ، ގާނޫަނަކަށް ވެގެން ދިޔުމާއެކު 19 ގަވާއިދެއް އެކުލަވާލަން ޖެހޭނެކަމަށާއި އެގަވާއިދުތަކާއިއެކު ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށް ހާރޫން ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ކައުންސިލްތަކާއި ހަވާލުކުރެވިގެންދާނެކަމަށް ހާރޫން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: