ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީ ލޯނު ދިން މީހުންގެ ޒާތީ މައުލޫމާތު މަޖިލީހާއި ހިއްސާނުކުރެވޭނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެމްއީ ލޯނު ދިން މީހުންގެ ޒާތީ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ހިއްސާނުކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ބޭންކުން ލޯނު ދޫކޮށްފައިވާ މީހުންގެ ތަފްސީލް ދެއްވުމަށް އެދި މިނިސްޓަރަށް ލިޔުމުން ހުށައަޅުއްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. އާޒިމް ހުށައަޅުއްވާފައިވަނީ އެސްއެމްއީ ކުންފުނި މެދުވެރިކޮށް ދޫކުރަމުންދާ ލޯނުތަކުގެ މައުލޫމާތާއި ލޯނު ލިބުނު މީހުންގެ ތަފްސީލް ލިޔުމުން މަޖިލީހަށް ހުށައަޅައިދިނުމަށެވެ.

މެމްބަރު އާޒިމް ހުށައަޅުއްވާފައިވާ ސުވާލަށް މިނިސްޓަރ ފައްޔާޒް ލިޔުމުން ފޮނުވާފައިވާ ޖަވާބު މަޖިލީހަށް އިއްވާފައިވަނީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއެވެ. މިނިސްޓަރ ފޮނުވާފައިވާ ޖަވާބުގައި ވިދާޅުވެފައިވަނީ އެސްއެމްއީ ލޯނު ދޫކުރަމުންދަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ކަމަށެވެ. މިކުންފުންޏަކީ މޯލްޑިވްސް މަނިޓަރީ އޮތޮރިޓީގެ ގާނޫނުގެ ދަށުން މާލީ އިދާރާއެއްގެ ލައިސެންސް ދޫކޮށްފައިވާ ކުންފުންޏެއް ކަމަށާއި ހޯދުމަށް ހުށައަޅާފައިވާ މައުލޫމާތުތަކަކީ އެއޮތޯރިޓީގެ ގަވާއިދުތަކާއި ކުންފުންޏާއި ލޯނު ދޫކުރާ އާންމު މީހާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހާމަނުކުރެވޭނެ މައުލުމާތުތަކެއް ކަމަށެވެ.

އެމްއެމްއޭއިން ލައިސެންސް ދޫކޮށްފައިވަނީ އެމްއެމްއޭގެ ގާނޫނުގެ ދަށުން ކަމަށްވާތީ ގާނޫނުގައި އޮންނަގޮތުން ކަސްޓަމަރުގެ މައުލޫމާތު ސިއްރުކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، އެކި އިލްޒާމްތައް މިނިސްޓްރީއަށް އަންނަމުންދާތީ ހިއްސާކުރެވެން އޮތް މިންވަރަށް އެމައުލޫމާތު މަޖިލީހާއި ހިއްސާކުރުމަށް އެސްއެމްއީގައި އެދިވަޑައިގެންފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ހުޅުވާފައި ވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެދިނުމަށްޓަކައި ލޯނު މޮރިޓޯރިއަމްތަކެއް ތައާރަފްކޮށް ވިޔަފާރިތަކަށް ވަނީ ދޫކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: