ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ކޮވިޑް ފެތުރޭތީ މަޖިލީހަށް ކުއްލި މައްސަލައެއް

ނޮޅިވަަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު(މޮސްޓާ).
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނޮޅިވަރަމާއި، ނޮޅިވަރަންފަރުގައި އިންތިހާއަށް ކޮވިޑް ފެތުރެމުންދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ(މޮސްޓާ)އެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ އާބާދީގައި 2700 އެއްހާ މީހުން ހަމަވާއިރު ރަށުގައި 200 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 ގެ ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.

ރަށް ބަލިމަޑުކަމުގެ ހާލަތުގައި އޮތް އިރު ރަށުގައި ބަލި މީހުން އުފުލަން ބޭނުން ކުރާނެ އެމްބިއުލާންސްއެއް ނެތިގެން ޕިކަޕްގައި ބަލި މީހުން އުފުލަން ޖެހިފައިވާ ކަމަށް މެންބަރު މޮސްޓާ ވިދާޅުވިއެވެ.

ބަލީގެ ސަބަބުން އެރަށަށް އަރައި ފޭބުމުގެ ދަތިތައް ކުރިމަތިވެފައި ވުމުގެ ސަބަބުން، ކާބޯތަކެއްްޗަށް ޖެހި ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ކާބޯތަކެއްޗާއި އެމްބިއުލެންސެއްގެ އިތުރުން ސިއްހީ ގާބިލު ފަރާތްތައް ފޮނުވުމަށް ގޮވާލާ ކަމަށްވެސް މެންބަރު ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: