ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯކައިދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ ގެއަށް ރައީސް ސޯލިހު ޒިޔާރަތް ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ އަތޮޅު ފޯކައިދޫގައި ފެނަކައިން އަލަށް އިމާރާތް ކުރި އިންޖީނުގެއާއި އޮފީހުގެ އިމާރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ސޯލިހު ފޯކައިދޫ އިންޖީނުގޭގެ އިތުރުން އޮފީހަށް ޒިޔާރަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފެނަކައިން އަލަށް އިމާރާތް ކުރެއްވި އޮފީހާއި އިންޖީނުގެއަށް ރައީސް ސޯލިހު އާއި އެކު ފެނަކައިގެ އެމްޑީއަހުމަދު ސައީދު މުހައްމަދު ވަޑައިގެނެވިއެވެ.

ރައީސް ސޯލިހުގެ މި ޒިޔާރަތުގައި އިންޖީނުގެއާއި އޮފީހުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ޒިޔާރަތައް ފަހު ރައީސް ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައު އިންޖީނުގޭގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

ފޯކައިދޫގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެ އަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ އިންޖީނުގެއެއްކަމުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. މިހާރު އެރަށުގެ އިންޖީނުގެ ހުރީ އެންމެ ރައްކާތެރި ގޮތަކަށް ނޫންކަމަށްވާއިރު އިންޖީނުގެއާ އިންވެގެން ހުރީ ރަށުގެ ޕްރީ ސްކޫލެވެ. މިކަމުގެ ސަބަބުން ޕްރީ ސްކޫލްގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްވެސް ދަތިތަކެއް ކުރިމަތިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: