ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތަމާ ޕްލާޒާ ވިއްކުމުގައި މަކާރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ މައްސަލަ ފުލުހަށް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދިރިއުޅުއްވާ ގެކޮޅު ކަމުގައިވާ، އަތަމާ ޕްލާޒާ ނަމަކަށް ކިޔައި ގެ ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ޖާބިރު ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ އަތަމާޕްލާޒާ ނަމަކަށް ކިޔާ އަމިއްލަބިމާއި، އިމާރާތުގެ މައްޗަށް އޮތް ރަހުނު 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ޖާބިރު ޓޭކްއޯވާކޮށް، އެގޯއްޗާއި ގޯތީގައިވާ އިމާރާތް ޖުމްލަ 14 މިލިއަން ރުފިއާއަށް ގަނެފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވެެފައިވަނީ މި ގޯއްޗާއި ގޯތީގައި އަޅާފައިހުރި 10 ފަންގިފިލާގެ އިމާރާތުގެ މައްޗަށް އޮތް ރަހުނު ގަނެ، ބޭންކަށް ދައްކަން ޖެހިފައިއޮތް 4،873،105 ރުފިޔާ ބޭންކަށް އަދާކޮށްދިނުމާއި، އެއިރު ގޯތީގެ ވެރިފަރާތް އިސްމާއިލް އަބްދުއްލަތީފަށް ދޭންޖެހުނު 9،625،895 ރުފިޔާ އަދާކޮށްފައިވާތީ، މިގޭގެ އިމާރާތާއި ރެޖިސްޓްރީ ބޭންކުން ޖާބިރާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ޝަރީއަތުގައި ކުރިޔަށްދިޔަ މައްސަލައެއްގައި ބޭންކަށް ދައްކަންޖެހުނު ފައިސާއާއެކު ޖުމްލަ 14 މިލިއަން ރުފިޔާ ޖާބިރު އަދާކޮށް، މި ގޯއްޗާއި އިމާރާތުގެ ފުރިހަަމަ އަގު ޖާބިރު ހަލާސްކޮށްފައިވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭރު އިސްމާއިލް އަބްދުއްލަތީފް ބުނެފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި މި ބިމާއި އިމާރާތުގެ މިލްކުވެރިކަން ޖާބިރަށް ހަވާލުކުރުމުގައި އިސްމާއިލް އަބްދުއްލަތީފުގެ އަނބިދަރިންގެ އެއްވެސް އިއުތިރާޟެއް ނެތްކަމަށް ދީފައިވާ ލިޔުންތައްވެސް އޭރު ޝަރީއަތަށް ހުށަހަޅާފައިވާނެ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

ޖާބިރު ވިދާޅުވީ އަތަމާޕްލާޒާ އޭނާއަށް ވިއްކުމަށް ދެފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމުގެ 12 ވަނަ މާއްދާގައި “މި ވިޔަފާރީގެ މައްސަލަ ޝަރީއަތަށް ހުށަހެޅި ހިނގަމުންދާއިރު (މިބިމާއި އިމާރާތް ރަހުނުކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ލޯނު ފިޔަވައި) އެހެން އެއްވެސް ފަރާތަކަށް އިސްމާއިލް އަބްދުއްލަތީފް ދައްކަންޖެހޭ ފައިސާއެއް ނުދައްކައި އޮވެގެން، މި މައްސަލަ ޝަރީއަތުން ނިންމޭގޮތް ނުވެއްޖެނަމަ އެ ފަރާތަކަށް ދައްކަން ޖެހޭ ފައިސާއެއް ދައްކައި، މި ވިޔަފާރީގެ މައްސަލަ ނިމޭނެގޮތް ވިއްކާފަރާތުން ހަމަޖައްސައިދޭން ވާނެ” ކަމަށެވެ.

މި މާއްދާއަށް ރިއާޔަތްކޮށް ޖާބިރު ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވަނީ މި އެއްބަސްވުމާއި ހިލާފަ އިސްމާއިލް އަބްދުއްލަތީފްގެ މައްޗަށް ޝަރީއަތުން ސާބިތުވެފައިވާ ދަރަނިއަދާނުކޮށް ހުންނަ ހުރުމަކީ ޖާބިރުގެ އަތުން ފައިސާތައް އަދާކޮށް ބޭންކުގައިވާ ރަހުނު ފިލުވުމަށް އިސްމާއިލް އަބްދުއްލަތީފް ހިންގާފައިވާ އަމަލެއް ކަމަށާއި، އޭނާގެ ނަމަށް ގޯތީގެ ރަޖިސްޓްރީ ބަދަލުނުކޮށް ހުރުމަށް ހިންގާފައިވާ މަކަރާއި ހީލަތުގެ އަމަލެއްކަން އިސްމާއިލް އަބްދުއްލަތީފްގެ އަމަލުތަކުން ސާބިތުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: