ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން މަހުލޫފަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ބައިވެރިވެވޭނެ އެ ޕާޓީގެ އާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަހްލޫފަށް މަންފާ ލިބުނު ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިދިޔަ ޖޫން މަހު ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މަހުލޫފަށް އެންމެ ފުރަތަމަ ގެއްލިގެން ދިޔައީ ހިޔާނާތުގެ މައްސަލައާއި، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަމުންދާ ކޮމިޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ މީހުންނަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް އެމްޑީޕީގެ ގައުމީ ހިނގާ ކޮމިޓީން އެގޮތަށް ފާސްކޮށްފައި އޮތުމުންނެވެ.

އެ ނިންމުން އާއްމު ކުރިއިރު މަހުލޫފް އޮތީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ކުރިމަތިލާ ކެމްޕެއިން ހަރަކާތްތައް ވެސް ފަށާފަ އެވެ. ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމަށް ބުނެ މަހުލޫފްގެ ނަން ހިމެނިފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގުގަ އެވެ. މި ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ލިސްޓުގައި ނަން އޮތްކަން ރަސްމީކޮށް ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ލިސްޓު އާއްމު ކުރުމުންނެވެ. އޭގެ ފަހުން މަހުލޫފްގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕީޖީއަށް އޭސީސީން ހުށަހެޅި މައްސަލައަށް ތިން މަސް ދުވެސް ވިއިރު ވެސް ޕީޖީން އަދިވެސް ގޮތެއް ނިންމާފައި ނުވެ އެވެ.

އިންތިހާބުގައި ވާދަނުކުރެވޭ މައްސަލައިގައި ތަފާތު އެކި ފަހަރު މަތީން އެ ނިންމުން ރިވިއުކޮށްދޭން އެދި މަހުލޫފް ހުށަހެޅި އެވެ. އޭގެ ތެރޭގައި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީސް ވެސް ހިމެނެ އެވެ. މިދިޔަ އޮގަސްޓު މަހުގެ 25 ގައި އެ މަޖިލީހުގެ ނިންމުން ދެ ވަނަ ފަހަރަށް މަހުލޫފް ހުށަހެޅީ، އަލަށް އިންތިހާބު ކުރި އިސްތިއުނާފު ފަނޑިޔަރު މަޖިލީހަށެވެ.

މަހުލޫފަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް ކަނޑައަޅައި އެ މަޖިލީހުގެ ނިންމުމުގައި ވަނީ މަހުލޫފަށް ޕާޓީގެ އިންތިހާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމި ނިންމުމުގައި އަމަލުކޮށްފައި ވަނީ އިޖުރާއީ ގޮތުން ރަނގަޅަށް ނޫންކަމަށެވެ. އެހެންވެ، ކުރިން އޮތް ނިންމުން ބާތިލުކޮށް، މަހުލޫފަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް އެ މަޖިލީހުން ނިންމީ އެވެ.

ގައުމީ މަޖިލީހަށް ވާދަ ނުކުރެވޭނެކަމަށް ބުނެ މަހުލޫފަށް ސިޓީ ފޮނުވި މައްސަލަ އޭނާގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ހުށަހެޅި އެވެ.

މަހުލޫފްގެ މައްސަލަ ޕީޖީއަށް ފޮނުވައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީޑިއާތަކަށް އާއްމު ކުރި ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000 އެމެރިކާ ޑޮލަރު މަހުލޫފަށް ރިޝްވަތުގެ ގޮތުގައި ލިބިފައިވާކަމަށެވެ. ހިޔާނާތުގެ ފައިސާތައް އެކި މީހުންނަށް ޓްރާންސްފާރ ކުރަމުން ދިޔަ އެސްއޯއެފްގެ ޗެކަކުން މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އޭނާއަށް ދިން ފައިސާކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ޑޮލަރު ގަނެފައިވާކަމަށް އެއްބަސްވެ، އެއީ ސައްހަ މުއާމަލާތެއްގެ ގޮތުގައި މަހުލޫފް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އޭސީސީގެ ބަޔާނުގައި ވާ ގޮތުން އެއީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާއެއް ނޫނެވެ.

މި މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާ މީހެއްގެ ބަޔާން، އެމްބަސީ މެދުވެރިކޮށް ނަގާފައިވަނީ ގޯސްކޮށް ކަމަށް ބުނެ މަހުލޫފްގެ ފަރާތުން ހުށަހެޅި ސިޓީގެ މައްސަލަ ބަލައި ރައީސް އޮފީހުން ވަނީ އެކަން ހިނގާފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ރިޔާސީ ކޮމިޝަނަށް އަންގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: