ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފަކީ ރައީސް އޮފީހުން ދޮލަނގަށް ލާފައި ދޭ އެއްޗަކަށް ހަދައިފި: ޖަމީލް

ޕީޕީއެމްގެ "އައްޑަނަ" ޖަލްސާގައި ޑރ. ޖަމީލް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފަކީ ރައީސް އޮފީހުން ދޮލަނގަކަށް ލާފައި ދޭ އެއްޗަކަށް ހަދާފައިވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސްގެ އަޅުންނަށް ހަދާފައިވާކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަކީ މިނިވަން ހުރިހާ މުއައްސަސާއަކަށް ނުފޫޒް ފޯރުވާ ބޭފުޅެއްކަން ޔަޤީންވެފައިވާ ކަމަށެވެ.

”އެމަނިކުފާނުގެ އަޅުންނަށް އެންޓި ކޮރަޕްޝަން ކޮމިޝަން ވުމުން ކުރެވޭ ތަޙްޤީޤެއް ނެތް.ރައީސް އޮފީހުން ދޮލަނގަށް ލާފައި ދޭ އެއްޗަކަށް އިންޞާފް ހަދައިފި.ރައީސްގެ ޓީމަށް އެރުމުން ހުދު ފޮތިކޮޅަކަށް ވޭ.” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެންމެފަހުން މިވަނީ ނިންމާފައެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމްޑީޕީން މަހުލޫފަށް ފޮނުވި ސިޓީއެއްގައި ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެފައެވެ. އެގޮތަށް ނިންމީ މަހުލޫފްގެ މައްސަލައެއް އިދާރާތަކުން ބަލަމުންދާތީ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދި މަރުތަކުގެ ކޮމިޝަނުން ބަލާ އެއްވެސް މައްސަލައަކާ ގުޅުންހުންނަ މީހަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭގޮތަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: