ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް އެކުލަވާލި ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ “ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު” މިއަދު އެކުލަވާލައި އެ ބޯޑަށް މެމްބަރުން އައްޔަނު ކުރައްވައިފި އެވެ.

މުހިއްމު ބަދަލުތަކަކާއެކު “ތައުލީމުގެ ބިލް”، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.

އެ ބިލުގައިވާ ގޮތުން ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި “ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު” ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަކި ބޯޑެއް އުފައްދަންޖެހެ އެވެ.

އެ ބޯޑުގައި ހިމެނޭނީ ރަޖިސްޓްރާއަކާއި ތައުލީމީ ސިޔާސަތުގެ ދާއިރާއިން ބޭފުޅަކާއި ކިޔަވައިދިނުމުގެ ދާއިރާއިން މަންދޫބަކާއި ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ އަދި އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން ބޭފުޅެކެވެ.

ފަސް އަންހެން ބޭފުޅުން ތިއްބަވާ ބޯޑުގެ ރަޖިސްޓްރާއަކަށް ހަމަޖައްސާފައިވަނީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ. ބޯޑުގައި ދެން ތިއްބަވާ ބޭފުޅުންނަކީ

  1. ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިއުކޭޝަން އޮފިސަރު
  2. ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިއުކޭޝަން އޮފިސަރު
  3. ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު، އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު
  4. ޗައިލްޑް ސައިކޮލޮޖީ ދާއިރާ: ފައުޒިއްޔާ އަލީ، އެޑިއުކޭޝަން އޮފިސަރު

“ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު”  އެކުލަވާލުމަށްފަހު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: