ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭބަންދުގެ އެއްވެސް ޝަރުރަތަކާއި ރައީސް ޔާމީން ހިލާފެއް ނުވޭ: ވަކީލުން

އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައީސް ޔާމީން، އެމަނިކުފާނު މިވަގުތު ހުންނެވީ ގޭ ބަންދުގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލު ކުރުމުގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރި އެއްވެސް ޝަރުތަކާއި އެމަނިކުފާނު ހިލާފުވެވަޑައިގެންފައި ނުވާނެކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

މިއަދުގެ ހަވީރު އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި ސުލްހަވެރި ހިނގާލުން ނިންމާލަމުން ބައެއް ސަޕޯޓަރުން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ކައިރިއަށް އެއްވެފަ އެވެ. އަދި އެވަގުތު ރައީސް ޔާމީން ވަނީ ގޭގެ ކުޑަދޮރުން ބޯދިއްކުރައްވައި ބައިވެރިންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި ބައިވެރިންގެ ތެރެއިން ބަޔަކު އެމަނިކުފާނަށް ދެއްވި ގައުމީ ދިދަ އާއި ޕާޓީގެ ދިދަ ވައިގެ ތެރޭގައި ވިހުރައި ހެއްދެވި އެވެ.

މިއީ ގޭބަންދަށް ބަދަލު ކުރުމުގެ އިގުރާރާއި ހިލާފުވުމުގެ އަމަލެއްގެ ގޮތުގައި ބުނެ، ކޮމިޝަނާރ އޮފް ޕްރިޒަންސް ވަނީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގައި ރައީސް ޔާމީން ބައިވެރިވީކަމަށް ބުނެ އެކަމުގެ ނުރުހުން އަމާޒުވެފައިވަނިކޮށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ކަރެކްޝަންސްއިން ރައީސް ޔާމީން ގޭ ބަންދު ކުރި އިރު ކުރި އެއްވެސް ޝަރުތަކާ އެމަނިކުފާނު ހިލާފު ނުވާ ކަމަށެވެ. އަދި އެމަނިކުފާނު ގާނޫނާ ގަވައިދާ ހިލާފު ކަމެއް ވެސް ނުކުރައްވާކަމަށް ވަކީލު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަންސް އިން ބުނުމުން އިދިކޮޅުން ބަޔާނެއް ވެސް އާއްމު ކުރި އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުން ނިކުމެ، މި ސަރުކާރުގެ ނާއިންސާފުވެރިކަމާއި، ނާގާބިލުކަމާއި މެދު ސުވާލު އުފެއްދުމުން އަދަބު ދޭންވީ ރައީސް ޔާމީނަށް ނޫން ކަމަށެވެ. ކުޑަދޮރު ކައިރީ ހުންނަވައި ބަޔަކަށް ސަލާމް ގޮވުމަކީ އެއީ އެއްވެސް ގާނޫނެއްގެ ދަށުން މަނާކަމެއް ނޫންކަމަށް ވެސް ބަޔާނުގައި ވެއެވެ.

ކުއްލި ގޮތަކަށް ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެކަމަށް ބުނެ ޓްވީޓު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އާއި މިއަދު ހަވީރު ކުރިޔަށް ގެންދިޔަ ހިނގާލުމުގައި ގިނަ އާއްމުން ބައިވެރިވެ ސަރުކާރާއި މެދު އޮތް ހިތްހަމަނުޖެހުން ދެއްކުމުންކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އަދި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވެ، މި ސަރުކާރަށް އޮތް އިތުބާރު ގެއްލުން އެމްޑީޕީއަށް “ހަޖަމް” ނުވާކަމަށް އިދިކޮޅުގެ ލީޑަރުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: