ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުންގެ ތ އަތޮޅުގެ ޓްރެއިނިންއަށް ފަހު ފެނަކައިގެ އަމާޒު އައްޑޫ އާއި ފުވައްމުލައްއަށް!

ފެނަކައިން މުވައްޒަފުންނަށް އަމާޒުކޮށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން/ ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ތ.އަތޮޅުގެ ފެނަކަ ކޯޕަރޭޝަންގައި ހިމެނޭ ބްރާންޗުތަކުގެ މުވައްޒަފުންނަށް ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި އެވެ.

ޕްރޮގްރާމާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ފެނަކައިން ބުނީ، ކުންފުނީގެ ތ. އަތޮޅުގެ ހުރިހާ ބްރާންޗުތަކުގެ މުވައްޒަފުންނަށް މެކޭނިކަލްއާއި، އިލެކްޓްރިކަލް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ފެނަކައިން ތ. އަތޮޅުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ތިމަރަފުށީގަ އެވެ. މި ޕްރޮގްރާމުގައި 28 މުވައްޒަފުން ބައިވެރިވި އެވެ.

ދެ ދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ކާމިޔާބު ޕްރޮގްރާމަށް ފަހު ފެނަކައިން މިހާރު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައި ވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: