ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮތްތަކުގައި ކުށެއް އޮތްތޯ ބަލަންވީ އިސްލާމިކް މިނިސްޓްރީން: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ގުރްއާން އަދި އިސްލާމް ފޮތްތަކުގައިހުރި އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމަކީ އިސްލާމިކް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.

ހަތަރު ގުރޭޑެއްގެ ފޮތްތަކުގެ މައްސަލައެއް ފެންމަތިވެ އެކަމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ދަރިވަރުންގެ އިސްލާމާއި ގުރުއާން ފޮތުގައި އިސްލާހުކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން އަންގަން އެދިފައިވާއިރު، މިކަމުގައި އިސްލާމިކް މިނިސްޓްރީން ޒިންމާ ނަންގަވާ ހާއްސަ އިސްކަމެއް ދެއްވައިގެން ކަން ކުރެއްވުން ވަރަށް މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ފޮތްތަކުގައި އެއްވެސް ކުށެއް ހުރި ކަމަށް ފާހަގަކުރެވޭނަމަ އެ ކުށެއް ފާހަގަކޮށް ހުށަހެޅުމަށް އާންމުންގެ ކިބައިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރި މައްސަލައާއި އެކަމުގައި އިހުމާލުވި ފަރާތްތައް ބެލުމަށް ވަކި ހާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލައިފައެވެ. އަދި އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: