ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމް ބޭނުން ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް: ޝުޖާޢު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ މަގުމަތީ ހަރަކާތެއްގެ ތެރެއިން ޕީއެންސީގެ ނައިބް ރައީސް ޝުޖާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ކާނަލް ނާޒިމާއި ޢަބްދުﷲ ރިޔާޒު ދެކެ ރައީސް ޔާމީން މެއެއް ނުކަރާނެ ކަމަށާއި އެބޭފުޅުން އެއުޅުއްވަނީ ވަރަށް ބޮޑަށް އޮޅިވަޑައިގެން ކަމަށްވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކާނަލް ނާޒިމްވެސް ބޭނުންފުޅުވަނީ ޕީޕީއެމްގައި ހުންނަވަން ކަމަށާއި ނަމަވެސް ޝަރުތަކީ ރިޔާސީ ޓިކެޓް ކަމަށެވެ.

އެހެންނަމަވެސް ރިޔާސީ ޓިކެޓަކީ އެގޮތަށް ލިބޭ އެއްޗެއް ނޫންކަމަށާއި ޓިކެޓްލިބޭނީ މަސައްކަތް ކޮށްގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ ޕާޓީގެ ލީޑަރޝިޕަކީވެސް މަސައްކަތްކޮށްގެން ހޯދަންޖެހޭ އެއްޗެއް ކަމަށާއި ނަމަވެސް ނާޒިމްއަށް އެކަން ނުވުމުން އާ ޕާޓީ ހަދަންނުކުތީ ކަމަށެވެ.

”އަދި އެއުޅެނީ 3000 މީހުން ހަމަނުވެގެން. ނިކަން ކެރެންޏާ ތިތިއްބެވި ގޮނޑިތަކުން އިސްތިއުފާ ދީފައި ތިޔަ އުފެއްދޭތޯ މަސައްކަތްކުރާ ޕާޓީގެ ނަމުގައި ކުރިމަތިލާބަލަ. އޭރުން ރައްޔިތުން ބަލައިގަނޭތޯ ނުގަނޭތޯ އެނގޭނެ." ޝުޖާއު ވިދާޅުވިއެވެ.

މުނާފިގުންގެ ސިފަތައް ކަމުގައި އޮންނަނީ ތިން ސިފައެއް. އެއީ ވާހަކައެއް ދައްކައިފިއްޔާ ދޮގު ހަދާނެ، ވައުދެއްކޮށްފިއްޔާ އެ ވައުދަކާ ޚިލާފު ވާނެ. އަމާނާތެއް ހަވާލުކޮށްފިއްޔާ އެ އަމާނާތަކަށް ޚިޔާނާތްތެރިވާނެ." ކާނަލް ނާޒިމާއި ޢަބްދުﷲ ރިޔާޒަކީ އޭގެ ތެރެއިން އަރާތިބި ދެ ބޭފުޅުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަށް މިމީހުން ކުރިމަތިލީ ޖުމްހޫރީ ޕާޓީ ކިޔާ ޕާޓީއަކުން. ރައްޔިތުން ހަވާލުކުރި އަމާނާތަކީ ޖުމްހޫރީ ޕާޓީގެ ފިކުރުގައި ދެމިތިބޭން. ރައްޔިތުންކައިރީ ހޭ ވެސް އަހާނުލާ ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންނަށް ނޫނެކޭ ބުނެ އޭގެއިން ދުރުވުމަކީ އަމާނާތަށް ޚިޔާނާތްތެރިވުން. ވައުދެއްވިއްޔާ އެވައުދާ ޚިލާފުވާނެއޭ. އެކަންވެސް ތިބީ ކޮށްގެން. މިވާހަކަ ދައްކައިފި އެބޭފުޅުން ކުރިން ނިސްބަތްވި ޕާޓީގެ ބައެއް އެޑްވައިޒަރުންވެސް." ޝުޖާއު ވިދާޅުވިއެވެ.

އަދި ނާޒިމްއާއި ރިޔާޒްގެ ޚިޔާލާއެއްގޮތަށް ކަންކަން ކުރަމުންދާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް އިތުރަށް ހަލާކުވެގެންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައީސް ސާލިހަކީ ކަންނެތް ބޭފުޅެއް ކަމަށާއި މިދެބޭފުޅުންގެ ވާހަކަތައް އަޑުއައްސަވާހާ ހިނދަކު އެމަނިކުފާނުވެސް ވާނީ އިތުރަށް ކަންނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިމީހުން މިހާރު ވަރަށް މުރާލި ބައެއްގެ ގޮތުގައި ދައުވާ ކުރަމުންދާ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ދެމީނުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން. މަޖިލިހަށް ވަޑައިގަންނަވަނީ މެންދުރު 12 ޖަހާއިރު. ވަރަށް މުރާލި ނޫންތޯ؟." ޝުޖާއު ވިދާޅުވީ މިކަން މަޖިލީހުގެ ހާޒިރީން ވަރަށް ރަނގަޅަށް ފެންނާނެ ކަމަށާއި އެކަން ބަދަލުކުރަން އުޅުމުން ދެކޮޅު ހަދަނީވެސް އެމީހުން ކަމަށެވެ.  

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ތާވަލް ކުރެވިފައިވާއިރު ދަށުކޯޓުތަކުން ފަނޑިޔާރުން ހާވާފައިވާ ހަޑިތަކާއި ރައީއުލްޖުމްހޫރިއްޔާގެ އޮފީސް ތެރެއިން އެ ފަނޑިޔާރުންނަށް އައި ނުފޫޒުތަކާއި މިހުރިހާ ކަންތައްތަކަށްވެސް އެންމެ މަތީ ކޮޓުގެ ފަނޑިޔާރުން ބައްލަވާ ނިޔާ ކަޑައެޅުއްވުން އެދޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: