ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމުން މާލޭގައި މުޒާހަރާކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓު ސަރަަހައްދުގައި ކުއްލިގޮތަކަށް މުޒާހަރާކުރަން ފަށަފައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ މި ހަރަކާތް ކުރިއަށްދަނީ ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތް ސްޕްރީމް ކޯޓުގައި މިއަދު ކުރިއަށްދާތީ ކަމަށެވެ.

މި ހަރަކާތުގެ އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ދަނީ ބައިވެރިވަމުންނެވެ.

މިއަދު ސްޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުގައި، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ޤާނޫނީ ޓީމްގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، މިއަދު ފެށި އަޑުއެހުމުގެ ލިޔެ ކިޔުންތައް ދައުލަތުގެ ފަރާތުން ލިބިފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ބަލައި ތައްޔާރުވުމަށް ދެ ދުވަސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ކޯޓުންވަނީ އެ މުއްދަތު ދޭން ނިންމައިފައެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒް ކުރުން ފަސްކޮށްދީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވަނީ ހުށަހަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: