ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރު ތިލަފަޅު އެއްބަސްވުން ހެދީ ނާޒިމް ނޫންކަން ޔަގީން: ދުންޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅު އެއްބަސްވުން ހެދީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅު ވިއްކާލުމުގެ ހަގީގީ މޭސްތިރިއަކީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް ނާޒިމް ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވަނީ ތުހުމަތުކުރައްވާފައެވެ. ނާޒިމްއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ ޑިފެންސް މިނިސްޓަރެވެ.

އެކަމާ ގުޅިގެން ދުންޔާ ވިދާޅުވީ ރައީސް ޔާމީނުގެ ދައުރުގައި ޚާރިޖީ ވަޒީރުކަން ކުރި ބޭފުޅެއްގެ ހައިސިއްޔަތުން އުތުރު ތިލަފަޅު އެއްބަސްވުން ހެދީ ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ނޫންކަން ޔަގީން ކުރައްވާ ކަމަށެވެ.

“އަދި އެސަރުކާރުގައި އަޅުގަނޑުވެސް، ނާޒިމް ވެސް ރައީސް ޔާމީނުގެ ހުއްދަ ނުނަގައި އެއްވެސް އެގްރިމެންޓެއްގައި ސޮއިކޮށްފަކާ ނޯންނާނެ” ދުންޔާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުން ގާނޫނުއަސާސީއާއި ހިލާފު ކަމަށާއި އެ އެއްބަަސްވުން ދިވެހިންގެ މުސްތަގްބަލާ ގުޅެނީ ވަރަށް ނުރައްކާތެރި ހިސާބަކުން ކަމަށެވެ. އަދި މިތަން ވިއްކާލުމުގެ މޭސްތިރިއަކީ ކާނަލް ނާޒިމްކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: