ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިޒްގެ އޯޑިއޯ ސައްހަކަމަށް ހިސާން ވިދާޅުވި: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

އަޑަށް ކިތަންމެ ބާރުލާފައި ދޮގުކުރެއްވިޔަސް ފަނޑިޔާރު ފާއިޒްގެ ލީކުވެފައިވާ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއްކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ވިދާޅުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެންވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯ ސައްހަ ކަމަށް ކުރިން ހިސާން ވިދާޅުވި ވާހަކަ އޭނާ ދޮގު ކުރައްވާފައިވަނިކޮށެވެ.

“މިއަދު ޖޭއެސްސީގެ ރައީސާ ކިތަންމެ އަޑަށް ބާރުލައްވާފައި ވިދާޅުވިއަސް އަޅުގަނޑު ގާތުގައި ހިސާން ވިދާޅުވީ ފާއިޒްގެ އޯޑިއޯ އެއީ ސައްހަ އޯޑިއޯއެކޭ، މިކަން ދޮގުކުރައްވާކަށް ނުކެރޭނެ. ކޮންމެ ތާކަށް ކޮންމެ ހިސާބަކަށްވެސް އަޅުގަނޑު މިހިރީ މިކަންތަކުގައި ވާހަކަ ދައްކަން ދާން. އޯޑިއޯތައް ލީކުވީމާ އަނެއްދުވަހު ޖޭއެސްސީން ތަހުގީގެއް ހިންގާ ދެގަޑިއިރުތޭ އޯޑިއީ އެނެލިސިސް ހަދާފައި ތަހްގީގު ނިންމާލާފައި މިބުނަނީ އޯޑިއޯ ސައްހައެއް ނޫނޭ.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްވަނީ މިދިޔަ މޭއި މަހުގެ ހަވަނަ ދުވަހުގެރޭ މަޖީދީމަގު އެންމެން ކުރިމަތީގައި ގޮއްވާލި ބޮމުގެ ތަހްގީގު ނުކުރެވިގެން އުޅޭއިރު ދެގަޑިއިރުތެރޭ އޯޑިއޯ އެނެލިސިސް ހަދާ ޖޭއެސްސީއަށް އެކަންތައްތައް ނިންމެނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ މިއަދު ހުރިހާ ފަނޑިޔާރުން ތިއްބެވީ ގަން ޕޮއިންޓްގައި ކަމަށާއި އެބޭފުޅުންގެ އޯޑިއޯތަކުން އެކަން އެންމެނަށް އެނގޭ ކަމަށެވެ. އެބޭފުޅުން ޢާއިލާއާއެކު ރަހީނުކޮށްގެން ރައީސް ޔާމީންއަށް ހުކުމްކޮށްފައިވާކަމަށް ފަނޑިޔާރުން އެބަ ވިދާޅުވާ ކަމަށާއި އެކަން ރަނގަޅަށް ތަހްގީގު ކުރަންޖެހޭ ކަމަށެވެ.

“ރާއްޖެއިން މިކަން ރަނގަޅަށް ތަހްގީގު ކުރެވޭނެ އިދާރާއެއް ނެތްކަމަށް ވަންޏާ ރާއްޖެއިން ބޭރުގެ ތަހްގީގީ އިދާރާތަކުންވެސް މީސްމީހުން ގެނެސްގެން ކަން ކަން ތަހްގީގު ކުރާގޮތަށް ރަނގަޅަށް ތަހްގީގު ކުރަންވީ ނޫންތޯ؟ އެހާވެސް ސީރިއަސް މައްސަލައެއްމިއީ. މިދައްކަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކާމެދު ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރަން ތިއްބެވި ބޭފުޅުން ކަންތައްތަ ކުރައްވާފައިވާ ގޮތުގެ ވާހަކަ. މިއީ ރައްޔިތުން ކުރިމަތީގައި ހިނގާ ދިޔަ ކަންތައްތަކެއް.” ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީޢަތް ސުޕްރީމް ކޯޓާ ހަމައަށް ދިޔައިރު މިހާތަނަށް ބޭއްވުނު ކޮންމެ މަޖިލީހަކަށް ހާޒިރުވެވަޑައިގެން ރައީސް ޔާމީން ރައްޔިތުންނަށް ސާބިތުކޮށްދެއްވީ އެމަނިކުފާނުގެ މައުސޫމްކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ކުރިން ބެއްލެވި އިސްގާޒީ ހައިލަމް ނެރުއްވާފައވާ ނޫސްބަޔާނުގައި ރައީސް ޔާމީންގެ ޝަރީއަތަށް ނޫފޫޒު ފޯރުވާފައިވާ ކަމަށް ވަރަށް ސާފުކޮށް އެބައޮތް ކަމަށާއި މިހާތަނަށްވެސް އެ ބަޔާނުގައިވާ އެއްވެސް ކަމެއް ތަހްގީގު ކޮށްފައި ނުވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މިއަދު މިސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ދިވަހިރައްޔިތުންނަށް އެނގި ފެންނަމުންދާ ކަމަށާއި މިޤައުމުގެ މިނިވަންކަން ގެއްލޭ އެތައް އެއްބަސްވުމެއްގައި ސޮއިކުރަމުންދާކަން ދިވެހި ރައްޔިތުންނަށް އެނގޭކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއަދު ޢަމަލުން އެބޭފުޅުން އެދައްކަވަނީ ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން ވެފައިވާ އެއްބަސްވުމުގައިވާ ކަންތައްތައް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މިއަދު ޢަމަލުން މިއަދު  ސޮއިކުރާ އެއްބަސްވުންތަކަކީ ކުރިން އަނގަބަހުން ކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ދެއްކެވި ވާހަކަފުޅާއި މިހާރު އެމަނިކުފާނު ދައްކަވާ ވާހަކަފުޅާއި އެއްވެސް ތަފާތެއް ނެތް ކަމަށާއި އޭރުވެސް ދެއްކެވީ ގައުމުގެ ވާހަކައާއި ގައުމު އާރާސްތު ކުރާ ވާހަކަކަމަށާއި މިއަދުވެސް އެމަނިކުފާނު ދައްކަވަނީ ގައުމުގެ ވާހަކަކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

“އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއެއްގެ ވާހަކަ ދުވަހަކުވެސް އަޅުގަނޑުމެންނަކާ ނުދައްކަވާ. ވަކީލުން މެދުވެރިކޮށްވެސް އެމެސެޖެއް ނުދެއްވާ. މުޅިންވެސް މިގައުމަށް މިވަމުންދާ ގޮތާއި މިގައުމު އަނބުރާ ހޯދަން އަޅުގަނޑުމެން ކުރަންހުރި އިތުރު މަސައްކަތްތަކެއްގެ ވާހަކަ އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ”. ޝިޔާމް ވިދާޅުވިއެވެ.

މިއަދު ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށާއި ރައީސް ޔާމީނާއި މެދު ޢަމަލުކުރެވެމުންދަނީ ޜާއްޖޭގެ ކޯޓުތަކުގެ އިޖުރާއަތްތަކާއި ޚިލާފަށް ކަމަށާއި ވަކިން ޚާއްސަކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޚިލާފަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް މިއަދު ރައީސް ޔާމީނާއި ދޭތެރޭގައި އަދުލުވެރިވާންޖެހޭކަން ހުރިހާފަރާތްތަކުން ދަންނަން އެބަޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: