ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރެރިޒަމްގެ ނުރައްކާއޮވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރާތީ އެމްޑީޕީގެ ކަންބޮޑުވުން

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނެ ކަމަށާއި ދިވެހި ޤައުމު ސުންނާފަތި ކޮށްލާނެ ކަމަށް ބުނެ ނޫރު މިސްކިތުގެ ތަނބައްގައި ލިޔެފައިވާ އިންޒާރަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ މިސްކިތަކީ ޙުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު، މިސްކިތުގެ ޙުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ، ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުން ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

އަދި މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ޤައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރު ކަމަށް އެމްޑީޕީން ބުނެއެވެ.

މީގެއިތުރުން މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަޙްޤީޤު ރިޕޯޓުގައި، ބައެއް މިސްކިތްތަކުގައި، އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭގޮތުން، ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅިގެން އެ އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު، ހަމަ އެ މިސްކިތުގައިި މި ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ޚިދުމަތްތަކުން އެއަށް ފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާކަމަށް ތުޙުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

“މި މިންވަރުގެ ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުދެކެވިވާކަމީ މި ޕާޓީން ކަންބޮޑުވާ ކަމެކެވެ” އެ ބަޔާނުގައި ވެއެވެ.

އެހެން ކަމުން ޓެރަރިޒަމުގެ ނުރައްކާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިތުރަށް ސަމާލުވެ ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ޚިދުމަތްތަކަށާއި ސަރުކާރަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: