ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޝަފީޢު އާއި ނަދީމް އައްޔަން ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އދ.މާމިގިލި، ފްރީޕާކް، އަލްއުސްތާޛު ޢަލީ ނަދީމް އަދި ހ.އަސްރަފީވިލާ، އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުނު ދެބޭފުޅުން ކަމަށެވެ.

އަލްއުސްތާޛު ޢަލީ ނަދީމް ވަނީ މިޞްރުގެ އަޒްހަރު ޔުނިވާރސިޓީއިން ޝަރީއާވަލްޤާނޫނުގެ ޑިގްރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛު ޢަލީ ނަދީމް ވަނީ ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ ޔޫކޭގެ ކާރޑިފް ޔުނިވާރސިޓީއިން ބެޗެލާރސް އޮފް ލޯ ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން އަމިއްލަ ލޯ ފާމް ތަކުގައިވެސް ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: