ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ވަގުފާރިއެއް މިހާރު ރާއްޖެއަކު ނެތް: ފައްޔާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 25 އަހަރު ކުރިންފެށިގެން ހިނގަމުން އައި ބިދޭސީ ވަގުފާރީގެ މައްސަލަ މިސަރުކާރުން މިހާރު ހުއްޓުވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގައި އިންސާނީ ވަގުފާރި އޮތްމިންވަރާއި ގުޅޭގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވި، ރާއްޖެއަށް ބިދޭސީން އެތެރެވާ މިންވަރު ބަލަހައްޓާ ނިޒާމް މީގެ ކުރިން އެންމެ އެކަށީގެންވާގޮތުގައި ބެލެހެއްޓިފައި ނުވާކަމަށެވެ. އެހެންކަމުން ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ ޢަދަދު ސާފުނުވާކަމަށާއި، ނަމަވެސް ސަރުކާރުން މިހާތަނަށް އެ ނިޒާމަށް ބަދަލުގެނެސް އިތުރު ބަދަލުތަކެއް ގެންނަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ހިންގަ ވަގު ވިޔަފާރި ބޮޑަށް ގުޅިފައި އޮންނަނީ ބަނގުލަދޭޝް މީހުންނާ ކަމަށާއި އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާއިން އަންނަ މީހުން އެ މިންވަރަށް އެ ވިޔަފާރި ނުކުރާ ކަމަށެވެ.

އަދި އެކަމަކީ އެމީހުން ދިވެހިންނާއި އެކި އިދާރާތަކުގެ މީހުންނާވެސް ގުޅިގެން ހިންގާފައި ހުރި ކަންކަންކަމަށެވެ.

“މިއީ ގާނޫނާ ހިލާފު ހިއުމަން ޓްރެފިކިންގެ ވިޔަފާރި. މައިގަނޑުކޮށް އެކަމުގައި އުޅެނީ ބަނގުލަދޭޝް މީހުން. އެކަމުގައި ހިމެނޭ ދިވެހިން ވެސް. އަދި ސަރުކާރު މުއައްސަސާތަކުގެ މީހުން ވެސް” ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ބިދޭސީން ގެނައުމަށް ދޫކޮށްފައިވާ ކޯޓާގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ބަންގްލަދޭޝް މީހުންގެނައުމަށް އެވްރެޖުކޮށް 20،000 ކޯޓާ ދޫކޯށްފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން އެ ޢަދަދުތައް ފާއިތުވި ދެ އަހަރުގެ ތެރޭގައި 100އިން ދަށްކުރައްވާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: