ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ޝަމީމް ފޮތެއް ނުކިޔާ، އުންސުރު ހަމަނުވޭ: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ވަނީ އުފުލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ހުކުމުން ޕީޖީ ހުސެއިން ޝަމީމް ފޮތް ނުކިޔާކަން ހާމަވާކަމަށާއި އިހުމާލުވެފައިވާ މިންވަރު އެހުކުމުން ހާމަވާކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާގެ އެކި ދައުވާތައް އުފުލާފައިވަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ މިވަގުތު ބޭރުގައި ހުންނެވި އަލީ ވަހީދު އަންނަނީ މިފަހަކަށް އައިސް އެކި ޓުވީޓުތައް ކުރައްވަމުންނެވެ. ޚާއްސަކޮށް ޕީޖީ ޝަމީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެކި ޓުވީޓުތައް ވަނީ ކުރައްވާފައެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުންވެސް ޕީޖީ އިހުމާލުވެފައިވާ މިންވަރު ހާމަވާކަމަށެވެ. ޕީޖީ ޝަމީމަކީ ކަމަކަށް ކަމެއް ކުރައްވާ ބޭފުޅެއްކަމަށާއި ޕީޖީ ޝަމީމާއެކު ދައުލަތް ހަރާބުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ޝަމީމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބުގެ ގާނޫނީ ވަކީލު ކަމަށާއި އެއީ ވަގު ފައިސާގެ ވަކީލުކަމަށް ވިދާޅުވިއެވެ.

ބޭރަށް ފުރުވާލުމާއި ގުޅޭގޮތުން ޓުވީޓު ކުރައްވައި، އަލީ ވަހީދު ވިދާޅުވީ ކޯޓުގައި ޝަމީމް ތާއީދުކުރައްވާފައިވަނީ އޭނާ ބޭރަށް ފުރުވާލަން ކަމަށެވެ. މިކަން ކޯޓުގެ ޝަރީއަތްތަކުގެ އޯޑިޔޯ ރިކޯޑިންތަކުން ހާމަވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އާ ޕާސްޕޯޓެއް ހަދާ އެރެއިން އެރެއަށް ފުރަން މަޖުްބޫރުކުރިވިކަމަށާއި އެއަށްފަހު މަސައްކަތްފެށި ޖޭއެސްސީ ހިސާރުކޮށްގެން ފަނޑިޔާރު ހަވަރަށްދީ ހަރާމް ހުކުމެއް ކުރުމަށްކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.

މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. އެއަށް ފަހު މިވީ މުއްދަތުގެ ތެރޭގައި އޭނާ ރާއްޖެ އައިސްފައި ނުވާތީ އެތައް ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވަނީ، އޭނާ ފިލުވުމުގައި ބައެއް އިސްވެރިންގެ އަތެއްވާކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލައިގައި އެކަން އިއުތިރާޒުކޮށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުމަށް ހާޒިރު ނުވުމުން އަލީ ވަހީދަށް ވަނީ އެ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެހެން ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ، އަލީ ވަހީދު ރާއްޖެ ގެނެވިގެންކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އޮގަސްޓު 25 ގައި އަލީ ވަހީދު އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރު ކުރީ، ވިސާ އޯވަ ސްޓޭވެގެން ނަމަވެސް އެ ދުވަހު އޭނާ މަސައްކަތް ކުރީ ދިވެހި ނޫސްވެރިންނާއި ބައްދަލުކޮށް ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށެވެ. ގެޓްވިކްގެ ޑިޓެންޝަން ސެންޓަރުގައި ހުންނަތާ ދެ ހަފްތާ ފަހުން، އެ ގައުމުން ވަނީ ރަސްމީކޮށް އަލީ ވަހީދު ހައްޔަރު ކުރި ކަން ރާއްޖޭގެ ފުލުހުންނަށް އަންގާފަ އެވެ. އެހެންނަމަވެސް މިވަގުތު އަލީ ވަހީދު ހުރިތަނެއް ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: