ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުމްބާ ހައްޔަރުކޮށްގެން ގެނެސް އަނިޔާކުރި މައްސަލަ އިންތިގާލީ އިންސާފު އޮފީހަށް ހުށަހަޅައިފި

މަޝްހޫރު ސޯޝްލް މީޑިއާ އެކްޓިވިސްޓު ޝުމްބާ ގޮންގްއަކީ އެމްވީ ކްރައިސިސްގެ އެޑްމިންކަމަށް މީގެ ކުރިންވެސް ތުހުމަތު ކުރި
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް(ޝުމްބާ ގޮންގް) ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާއި ޚިލާފަށް ހައްޔަރުކޮށް، ރާއްޖެގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އެދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަސަންގެ އޮފީހަށް ހުށަހަޅައިފިއެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ގާނޫނީ ވަކީލު މުހްތާޒް މުހުސިން ވިދާޅުވީ ޅ.ހިންނަވަރު، ނައިލޯނުގެ، އަހްމަދު އަޝްރަފް ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާއި ޚިލާފަށް ހައްޔަރުކޮށް، ރާއްޖެގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އެދި އޭނާގެ ފަރާތުން މިއަދު އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝުމްބާ ހުށަހެޅި މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި ސްރީލަންކާއަށް އޭރު ކަނޑައަޅުއްވާފައި ހުންނެވި ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު އާއި، އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް، އޭރުގެ އޭސީޕީ އާދަމް ނަވާޒް އާއި ފަސްޓް ސެކްރެޓަރީ ހަސަން އާދަމް އަދި ކާނަލް އަހްމަދު ގިޔާސް އާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.

މީގެ އިތުރުން ދައުލަތުގެ ފަރާތުން އޭނާގެ ކިބައިން މާފަށް އެދުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ޝުމްބާ ހައްޔަރުކޮށްގެން ގެނެސް އޭނާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ އަހަރަކަށް ވުރެ ގިނަ ދުވަސް ޖަލުގައި ބެހެއްޓުމަށްފަހު 2017 ވަނަ އަހަރުގެ މާޗް އެއް ވަނަ ދުވަހު އެވެ.

ޝުމްބާ ހައްޔަރުކޮށްގެން މާލެ ގެނައި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޝުމްބާ ލަންކާ އިން ހައްޔަރުކޮށްގެން ގެނައީ ލަންކާގެ ގާނޫނުތަކާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: