ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ބަހުގެ ހަމާލާތަކެއް ނާޒިމް އާއި ރިޔާޒަށް: އެއީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަކީ އަމިއްލަ އެދުމުން ފޯވެފައި ތިބި ދެ ބޭފުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގާސިމް ވަނީ ކާނަލް މުހައްމަދު ނާޒިމް އާއި އަބްދުﷲ ރިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ ނާޒިމް އާއި އަބްދުﷲ ރިޔާޒު މަޖިލީހަށް ހޮވައިދިނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ކަމަށެވެ.

ގާސިމް ވިދާޅުވީ ފާއިތުވި ދެ އަހަރު ޖޭޕީން ބޭއްވި 12 ކައުންސިލް ބައްދަލުވުމުގެ ތެރެއިން ނާޒިމް އާއި ރިޔާޒު ވަޑައިގެންނެވީ އެންމެ ބައްދަލުވުމަކަށް ކަމަށާއި ޕާޓީ އަށް އަލަށް މެމްބަރުން ސޮއިކުރުމަށް ބޭއްވި އެންމެ ބައްދަލުވުމެއްގައި ވެސް އެ ދެ ބޭފުޅުން ބައިވެރިވެފައި ނުވާ ކަމަށެވެ.

އަދި ޖޭޕީ އޮތީ ނިދާފައި ކަމަށް ނާޒިމް ވިދާޅުވާއިރު، އެ ދެ ބޭފުޅުން ތިއްބެވީ ގަދަ ނިދީގައި ކަމަށާއި މިހާރު ޣަރަގުވެގެންދާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

“އަޅުގަނޑަށް ކަށަވަރު މި ދެ މީހުން އިސްވެ ތިބެގެން މި ހަދާ ޕާޓީއަކުން ރާއްޖޭގެ ރައްޔިތުންނަށް އެ ވިދާޅުވާ އެއްވެސް ރަނގަޅު ކަމެއްކޮށް ނުދޭނެކަން. އަމިއްލަ އެދުމުން ގޮސް ފޯވެފައި ތިބި ބައެއް” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އެ ދެ ބޭފުޅުން ވަކިވެވަޑައިގެންނެވުމުގެ ކުރީން ޖުމްހޫރީ ޕާޓީ އެ ބޭފުޅުންނާއި ހަވާލުކޮށް ދެއްވުމަށް ރިޔާޒު އެދިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަަވެސް، ޖަވާބުގައި، އެއީ ކައުންސިލްއިން ނިންމަންޖެހޭ ކަމެއް ކަމުގައި ދަންނަވާފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ޖުމުހޫރީ ޕާޓީގެ އަގުވައްޓާލާ، އަދި ޕާޓީ ނިކަމެތި ކޮށްލުމަށް މަސައްކަތް ކުރާނަމަ އެކަންކަމުގެ ހަގީގަތް ސާފުކޮށްދީ އަމިއްލަ ދިފާއުގައި ބުންނަޖެހޭ އެއްޗެއް ބުނުމަކީ އޮތް ހައްގެއް ކަމުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: