ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރޮށި ބަނދަރު ހަދަން ބަޔަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މަރޮށި ބަނދަރު ހަދަން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މަރޮށި ބަނދަރު ހެދުމުގެ މަޝްރޫއު ހެވީ ފޯސް އާއި ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް ސޮއިކުރެއްވިއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.

މި މަޝްރޫއުގެ ދަށުން 26،330 ކިއުބިކް މީޓަރުގެ ބަނދަރާއި، ނެރު ފުންކުރުމާއި، ގްރައިން ޖެހުމާއި، ރިވެޓްމެންޓް ޖެހުމާއި 416 މީޓަރުގެ އެއްގަމު ތޮށި ޖެހުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރޭމްޕް ހެދުމާއި، މަގު ބައްތި، ނެވިގޭޝަން ބައްތިި ހަރުކޮށް އަދި 2080 އަކަ މީޓަރުގެ ޕޭވްމެންޓެއް ވެސް ހަދާނެ އެވެ.

މަޝްރޫއުގެ އަގަކީ 43.3 މިލިއަން ރުފިޔާ އެވެ. މިއީ 420 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: