ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިނިވަންކަމުގެ ދިފާއުގައި” ގެ ނަމުގައި އިދިކޮޅުން ބޮޑު ކެމްޕެއިނެއް ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

“މިނިވަންކަމުގެ ދިފާއުގައި” ގެ ނަމުގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮޑު ކެމްޕެއިނެއް ފަށަން ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ވަރަށް ބޮޑު ކެމްޕެއިނަކަށް ތައްޔާރުވަމުންދާ ކަމަށާއި ވަރަށް އަވަހަށް ކެމްޕެއިން ލޯންޗު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި ކެމްޕެއިން ފަށާއިރު، އެކަމާއި ބެހޭ މައުލޫމާތުތައް ފަހުން ހިއްސާ ކުރަނެކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މިއަދު ދިވެހި ޤައުމު މިއޮތީ ކުރެވުނު ގޮތަކުން މިސަރުކާރު ބަލިކުރަންޖެހިފައިވާ ޙާލަތެއްގައި ކަމަށާއި ގައުމެއްގެ ޙާލަތު ވަކި ހިސާބަކަށް ދިއުމުން އެ ގައުމު ސަލާމަތްކުރަން ރައްޔިތުން ނިކުންނަން ޖެހޭކަމަށެވެ. މިއީ މުސްލިމް ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށްފައި ރަސޫލާއަށް ގޮންޖަހާފައި ރާއްޖޭގެ މިނިވަންކަން ވިއްކާލީމަ ދެން ރައްޔިތުން ނިކުންނަން ޖެހޭނީ ރައްޔިތުން ގައިގައި ހުރި ހިތްވަރު ދައްކަން. ރައްޔިތުންގެ އޮތް ބާރު ބޭނުންކުރަން. އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުން ބާލަން އެބަޖެހޭ. މިއަދު މިރާއްޖޭގައި މިކުރަނީ ދިވެހި ރައްޔިތުންގެ ވެރިކަމެއް ނޫން. އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ އިންޑިޔާގެ އަސްކަރިއްޔާ މިގައުމުން ބާލަންއެބަޖެހޭ.” އަދުރޭ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންމެ ގިނައިން ދައްކަމުން ދިޔަ ވާހަކައަކީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ގައުމަށް ޖެހޭނެ ހާލަތުގެ ވާހަކަތައްކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން ގެނައުމަށް އެމްޑީޕީން މަސައްކަތް ކުރާނެކަން ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް އަވަށްޓެރި އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް އަގަލެއް ކުލުނެއް ލޯބެއްނެތް ބައެއްގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ފުރޮޅިގެން ދިއުމުގެ ނަތީޖާއަކަށް ވީ ދިވެހިންނަކީ އިންޑިޔާގެ އަޅުވެތި ކަމުގެ ދަށުގައި އޮތް ގައުމަކަށް ބަދަލުވެގެން ދިއުންކަމަށް އަދުރޭ ވިދާޅުވިއެވެ.

އދ ގެ އާއްމު މަޖިލީހުގެ ރައިސަކަށް އަބްދުﷲ ޝާހިދު ހޮވިގެން މާ އުފަލުން ނޫޅެން. އެނގޭ ކީއްވެކަން ހޮވުނީ. ޢަބްދުﷲ ޝާހިދު އެމަގާމަށް ހޮވީ އިންޑިޔާއިން. ހޮވީ އެމީހުން ބޭނުންވާ އެޖެންޑާއެއް ފުރިހަމަ ކުރަންވެގެން. ރާއްޖެއަށް އެމީހުން ބޭނުންވާ ކަންތައްތަކެއް ކުރަންވެގެން.” އަދުރޭ 

ކެމްޕެއިނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އަދުރޭ ވިދާޅުވީ މިއީ ފެއްސާއި ރަތާ ހުދުގެ ކެމްޕެއިނެއް ކަމަށެވެ. އަދި މިއީ ރައީސް ޔާމީންގެ އިސްނެންގެވުމެއްކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ، މިހާލަތަށް ގައުމު ދިޔައިރު ގައުމު ސަލާމަތްކުރަންވެއްޖެކަން، ދެނެވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

ތިމަންނަމެންނޭ ގައުމުދެކެ އެންމެ ލޯބިވަނީ ތިމަންނަމެންނޭ ޑިމޮކްރަސީއަށް މަސައްކަތް ކުރީ އަދި ރައްޔިތުން ދެކެ އެންމެ ލޯބިވަނީ ބުނާ ފަރާތްތަތަކަށް މިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދާއިރު ރާއްޖެ އަޅުވެތިވަމުން ދާއިރު އެބޭފުޅުން ނުކުމެ ވިދާޅުވި ބަސްފުޅެއް ނެތް. އުތުރު ތިލަފަޅުގެ އެއްބަސްވުން ހެއްދެވިއިރު އެބޭފުޅުން ތިއްބެވީ ރާއްޖޭގައި. ހަނިމާދޫގައި ބޭރުގެ ސިފައިން އައިސް ވަޒަންވެރިވިއިރު އެބޭފުޅުން ތިއްބެވި ރާއްޖޭގައި. އައްޑޫގައި ހަދާ ޓްރެއިނިންގް ސެންޓަރު ހިބައިން ދޭއިރު މިބޭފުޅުން ތިއްބެވީ ހަނު. މިބޭފުޅުންނަކަށް ނޭނގޭ ރައްޖޭގައި އިންޑިޔާ ސިފައިން ތިބިކަމެއް.” އަދުރޭ

ކަފާލާތުގެ ދަށުން ރައިސްޔާމީނަށް މިނިވަންކަމެއް ލިބިވަޑައިގެން މަގުމައްޗަށް ދެ ދުވަހު ހަމައަށް ނުކުމެވަޑައިގެންނެވުނަސް މި ސަރުކާރު ދެމިއެއް ނޯންނާނެކަން އެމްޑީޕީގެ އިސްބޭފުޅުން ގަބޫލުކުރާ ކަމަށާއި ރައީސް ޔާމީނަށް އެންމެ ދުވަހަކަށް ނަމަވެސް މިނިވަންކަމާއެކު މަގުމައްޗަށް ނިކުމެވަޑައިގެންނެވިއްޖިއްޔާ މިސަރުކާރެއް ނޯންނާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން މިނިވަންކަމުގެ ދިފާއުގައި ނުކުންނަން ތައްޔާރުވާންޖެހޭ ކަމަށާއި ނުކުންނަންޖެހޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: