ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓު އިސްވެރިޔާގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވައިފި

އޭސީސީގެ ރައީސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ ޞާލިޙް (ހޯދަޑު. މައިޒާން، ޏ.ފުވައްމުލަކު) ގެ މައްޗަށް ދައުވާކުރުމަށްޓަކައި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ދީނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ދޯންޏަކީ، އެކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާ، ދީނާއާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލައިިގައި ކަމަށެވެ.

އޭސީސީން ބުނިގޮތުގައި 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، އެކުންފުނީގެ ހަ ޕާޗޭސް އޯޑަރަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރު ކުރުމަށް ޖެނެރަލް ސަރވިސް ރިކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕަރޓްމަންޓުން ޕްރޮކިއުމަންޓު ޑިޕަރޓްމަންޓަށް ފޮނުވުމުގެ ކުރިން ކަމަށެވެ.

އަދި އެކަމަކީ ފެނަކަ ކޯޕަރޭޝަނުން ޢަމަލުކުރަމުން ދިޔަ އުޞޫލާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެ ޕާޗޭސް އޯޑަރުގެ ތެރެއިން އެއް ޕާޗޭސް އޯޑަރު ތައްޔާރުކޮށް، އެ ޕާޗޭސް އޯޑަރާ އެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރުކޮށް ނިންމުމަށްފަހުގައިކަން، އެ ޕާޗޭސް އޯޑަރާއެކު އެއްކަރުދާސްކޮށްފައިވާ ތަކެތި ލިބުމަށްފަހު ތައްޔާރުކޮށްފައިވާ ގުޑްސް ރިސީވްޑް ނޯޓުން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ދަތުރު ކޮށްދިނުމުގެ ޚިދުމަތް ހޯދުމަށް ފެނަކަ އިން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރާއި ދަތުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ގިނަ ރަށްތަކަށް ދަތުރު ކޮށްފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެރަށްތަކަށް މުދާ ގެންގޮސްފައިވާކަން އެނގެން ނޯންނަކަމާއި، އަދި އެރަށްތަކަށް ދަތުރު ކޮށްފައިވަނީ ކޮން ބޭނުމެއްގައިކަންވެސް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށްވެސް އޭސީސީން ބުނެއެވެ.

އަދި މިމައްސަލައާ ގުޅިގެން ހޯދާފައިވާ ޕާޗޭސް އޯޑަރތަކާ ގުޅިގެން ޢަމަލުކޮށްފައިވަނީ ފެނަކަ އިން ޢަމަލުކުރަމުންދާ އުސޫލާ ޚިލާފަށް ކަމަށާއި އެގޮތުން، ތިން ފަރާތަކުން ކޯޓޭޝަން ހޯދާފައިވީނަމަވެސް، ތިން ކޯޓޭޝަން ހޯދާފައިވަނީ ދީނާއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ނުވަތަ އެ ކުންފުނީގެ ވެރިޔާއާ މަސްލަހަތު އޮންނަ ފަރާތްތަކަކުންކަން ތަޙުޤީޤުގައި ހޯދާފައިވާ ލިޔުންތަކުން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

“މިމައްސަލައާ ގުޅިގެން ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަޙުޤީޤުގައި ހޯދާފައިވާ މަރްޔަމް ދީނާ ޞާލިޙުގެ މޯބައިލް ފޯނުގެ މުޢާމަލާތުތަކަށް ބަލާއިރު، 09 ޖުލައި 2018 އިން ފެށިގެން 24 ފެބުރުވަރީ 2019 ގެ ނިޔަލަށް އެ މުއްދަތުގެ ތެރޭގައި ދޯނި ކުއްޔަށް ދޫކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާއި، މަރްޔަމް ދީނާ ޞާލިޙާ ދެމެދު ގިނަ ޢަދަދެއްގެ މުއާމަލާތުކޮށްފައިވާތީ، އެފަރާތާއި މަރްޔަމް ދީނާ ޞާލިޙްއާ ދެމެދު ގުޅުން އޮންނަކަން އެނގެއެވެ” އޭސީސީން ބުނެއެވެ.

މީގެއިތުރުން، ދީނާ ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި ހުރި ދުވަސްވަރު، ތައްޔާރުކޮށްފައިވާ ޕާޗޭސްއޯޑަރތަކާއި އޭނާ އެ މަޤާމުން ބަދަލުކުރިފަހުން، ދޯނިކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރތަކާ އަޅާކިޔުމުން ދީނާ ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި ހުރި ދުވަސްވަރު ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފައިގެން ދަތުރު ކޮށްފައި އެވަނީ މާބޮޑު އަގެއްގައިކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.

އެގޮތުން މި ޢަމަލުގެ ސަބަބުން ކުންފުންޏަށާއި ދަޢުލަތަށް މާލީގޮތުން ގެއްލުންވެފައިވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: