ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޑިއޯތަކުގެ ސައްހަކަން ބެލުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކުރޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަހްލީލު ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކޮށްދެއްވުމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ.

ރޭ ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އޯޑިއޯތައް ތަހުލީލު ކުރުމަށް އަމިއްލަ ފަރާތަކަށް ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.  

ޝުޖާއު ވިދާޅުވީ ފަނޑިޔާރުންގެ މި އޯޑިއޯ ތަކަކީ ކިހާ ސައްހަ އޯޑިއޯތަކެއްކަން ކަމާބެހޭ ހުރިހާ ފަރާތްތަކުން ބަލަންޖެހޭ ކަމަށެވެ. ދިވެހިރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކަށާއި އިދާރާތަކަށް މިއޯޑިއޯތަކުގެ ސައްހަކަން ބަލައިދިނުމަށް ކޯލިޝަނުން އެދިފައިވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޕީޖިއޮފީހުގެ ބައްދަލުވުމުގައި މިއޯޑިއޯތަކާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރިން . މިއޯޑިއޯތަކުގެ ސައްހަކަން ބެލުމަށް އަމިއްލަ ފަރާތަކަށް ދީގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް އިންތިހާ ކަންބޮޑުވުން އެބައޮތް. އެމަނިކުފާނު ވިދާޅުވީ ދެން ތިޔަ ބޭފުޅުން ބޭނުންވާ ގޮތަކީ ކޮބައިތޯއޭ؟ ދެންނެވިން އަޅުގަނޑުމެން ބޭނުންވަނީ ބައިނަލްއަގްވާމީ ފޮރެންސިކް ތަހްލީލު ކުރާ އިދާރާއަކާ ހަވާލުކޮށްގެން އަޅުގަނޑު މެންނަށްވެސް އެނގޭ ގޮތަށް ކުރާ ތަހުލީލެއް ނޫނީ ގަބޫލެއް ނުކުރާނެކަމަށް ދެންނެވިން.” ޝުޖާއު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ އޯޑިއޯ ތަހްލީލުކުރެވެމުންދާއިރު ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މަޑުޖައްސަން ޖެހޭ ކަމަށާއި މުޅި ދިވެހި ރައްޔިތުން މިއީ އިންސާފުވެރި ކޮށް ހިނގާ ކަމެއްނޫންކަން ގަބޫލު ކުރާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މިއޯޑިއޯ އެނެލައިޒް ނުކޮށް ނުވަތަ މީގެ ސައްކަން ކަށަވަރު ކުރުމުގެ ކުރިން ދަށު ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ ރައީސް ޔާމީންއަށް އެ ދެވެނީ އަނިޔާ ކަމަށާއި އެމަނިކުފާނުގެ ހައްގު ގެއްލިގެންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ،

“އެހެންވެގެން މިކޯލިޝަން ރާއްޖޭގެ ހުރިހާ މުއައްސަސާއަކަށް ދުވަމުން މިދަނީ .އެއްލައްކައަށްވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ލީޑަރެއްގެ ހައްގު ގެއްލިގެންދާތީ މިކޯލިޝަނުން ކަންބޮޑުވަނީ. އިންސާފުން ކަންކަން ކުރާ ސަރުކާރެއްނަމަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ ޝަރީޢަތް މެދުކެނޑެންޖެހޭ. ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އަދި ރައްޔިތުންގެ އިތުބާރު ފަނޑިޔާރުގެއަށް ހޯދުމަށްވެސް މި އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރަންޖެހޭ.” ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަކީ އުފެދުމުގައިވެސް ބާތިލު، ކުރި ތުހުމަތަކީވެސް ބާތިލު ހިނގި ތަހުގީގަކީވެސް ބާތިލު ކުރި ހުކުމަކީވެސް ހަރާން ހުކުމެއްކަމަށް ދަންނަވަނީ ބައިވަރު ސަބަބުތައް ވާތީ ކަމަށާއި ރައިސް ޔާމީންއަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ސާބިތުކަމާއެކު ހުންނެވި ލީޑަރެއެގެ ގޮތުގައި ހުންނެވި ނަމަ މިގައުމުގެ ރައްޔިތުން މިއަދު ކުރަމުންމިދާ އަޅުވެތި ކަމުގެ އިހްސާސް ކުރަމުން ނުދިޔައީސް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެމަނިކުފާނަށް ހުރިހާ އަނިޔާއެއް ލިބެމުން އެދަނީ ރައީސް ޔާމީން މިގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ދެއްވާ އަހައްމިއްޔަތު މި ސަރުކާރަށް އެނގޭތީކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ ވަކީލު ކަފާލާތަށް އެދިވަޑައިގަތުމުން ވިދާޅުވީ ކަފާލާތު ދެވެންނެތް ކަމަށާއި ސަބަބަކީ ހައިކޯޓުގެ މަރްހަލާއަކީ ވަރަށް އަވަހަށް ނިމިގެންދާނެ މަރްހަލާއަކަށް ވާތީ ކަމުގައެވެ. ނަމަވެސް ހައިކޯޓުގައި މައްސަލަ ދިގުލައިގެންގޮސް، އެއް އަހަރު ދުވަސްވެ ރާއީސް ޔާމީންގެ ހައްގުތައް ގެއްލެވުމުންދަތީ ކޯލިޝަނުން ހައިކޯޓަށް ދިއުމުން ހައިކޯޓުން ބައްދަލުވެސް ނުކުރި ކަމަށާއި، ހައިކޯޓުން ބައްދަލު ނުކުރީ ޖޭއެސްސީން އަންގައިގެން ކަން އެނގުނު ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އަދި ހައިކޯޓުގެ ދެފަނޑިޔާރުން ރައީސް ޔާމީނަށް ކަފާލާތު ދެވޭނެ ކަމަށް ވިދާޅުވި ކަމަށާއި ދައުލަތުގެ ވަކީލުންނާއި ސުވާލުކުރުމުން “ތިމަންނަ މެންނަށް ފެންނަނީ ކަފާލާތު ނުދިނުމަށް” ކަމަށް ވިދާޅުކަމަށެވެ. މިއީ ރައްޔިތުންގެ ކުރިމަތީގައި ފެންނަން ހުރި ހަގީގަތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: