ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައަކީ އެއާޕޯޓު އެޅުމެއް ނޫން، ސިޔާސީގޮތުން އޮޅުވާލުން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލައަކީ އެއާޕޯޓުތަކެއް އެޅުން ނޫންކަމަށާއި މައްސަލައަކީ ސިޔާސީގޮތުން ރައްޔިތުންނަށް އޮޅުވާލުންކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގެ މާލީ ހާލަތު އޮތްގޮތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށަށް ދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ކޮވިޑްގެ ހާލަތާއެކު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދާނެކަމަށް ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް ކޮވިޑުގެ ހާލަތުން އަރައިގަނެވޭހާ ދުވަސްވެއްޖެކަމަށް ސައީދު ވިދާޅުވިއެވެ.

ހިލޭ އެހީގެ ގޮތުގައި އަދި އެނޫންވެސް ގޮތްގޮތަށް 3.8 ބިލިއަން ރުފިޔާ ކޮވިޑްގެ ތެރޭގައި ލިބުނުކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެހުރިހާ ފައިސާއަކުންވެސް ކޮވިޑްގެ ތެރޭގައި ކުރީ ވައްކަން ކަމަށެވެ. އެހެންނަމަވެސް އެއިން ކަމެއް ބަލައި ފިޔަވަޅެއްވެސް އަޅާފައި ނުވާ ކަމަށައި އެފަދަ މައްސަލައެއް ބެލޭނެ ގޮތެއްވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ. ހަމައެކަނި އަޅާ ފިޔަވަޅަކީ ވަޒީރުންގެ މައްސަލަ ބެލުމަށްފަހު ވަޒީރުން މަގާމުން ދުރުކުރުވުންކަމަށް ސައީދު ވިދާޅުވިއެވެ. އަދި ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަނަކީ ހަމައެކަނި ދައްކާލާ ދަޅައެއްކަމުގައި ވިދާޅުވިއެވެ.

“ދެން އޮތީ އެމްއެމްޕީއާރުސީ މައްސަލަ. ތިން އަހަރު ވީއިރު އެމައްސަލަ އެބަ ބެލޭތޯ؟ ކުރާހާވެސް ކަމަކީ އަދީބު ލައްވާ ވަކިކަހަލަ ހެކިތަކެއް އުފައްދަނީ. އަދީބު ރުއްސައިގެން ރައީސް ސޯލިހު މިކުރައްވާ ކަމަކީ ހެކިތަކެއް އުފައްދަނީ. އެހެންވެ، މިކަން ދެކޮޅު ނުޖެހިގެން މިއުޅެނީ. ސިޔާސީގޮތުން ވަކި މީހެއްގެ ބުރަކަށްޓަށް ހަންޖަރު ޖަހަންވެގެން ކުރާ މަސައްކަތް މިއީ.” ސައީދު

މާލީ ހާލަތު އޮތްގޮތަށް އަލިއަޅުއްވާލައްވައި ސައީދު ވަނީ ސަރުޚާރުގެ މަޝްރޫއުތައް ހިންގަމުންދާގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގްރީން ފީލްޑް އެއާޕޯޓެއް އެޅުމަށް ހަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 11 ނުވަތަ 12 މިލިއަން އެމެރެިކާ ޑޮލަރު ކަމަށެވެ. އެހެންނަމަވެސް، މިސަރުކާރުގައި މަޝްރޫއުތައް ހިންގަމުންދަނީ އެއަށްވުރެ މާބޮޑު ހަރަދުގައިކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވަކި ވަކި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ކުރަމުންދާ މަސައްކަތްތަކަަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހޯރަފުށީ އެއާޕޯޓަކީވެސް އެފަދަ ގޮތަކަށް ތަރައްގީކޮށްފައިވާ އެއާޕޯޓެއް ކަމަށާއި މިހާރު ވާހަކަދެކެވެމުންދާ އަލިފުށި އެއާޕޯޓަކީވެސް ބަޖެޓުގައި ނުވެސް ހިމަނައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަލިފުށީ އެއާޕޯޓުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ 27 މިލިޔަން އެމެރިކާ ޑޮލަރަށް ކަމަށާއި މިފަދަ މަޝްރޫއުތަކަކީ ސިޔާސީ ގޮތުން އޮޅުވާލައިގެން ކުރިއަށްގެންދާ މަޝްރޫއެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިހުތިޖާޖުތައް ކުރަމުންދަނީ މިސަބަބުތަކަށްޓަކައިކަމަށެވެ. ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭ ގޮތަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ވަރުގެ ލީޑަރަކަށް ހުންނެވީ ރައީސް ޔާމީން އެކަނިކަމަށް ސައީދު ވިދާޅުވިއެވެ.އަދި ކުރިއަށް އޮތް ތަނުގައި، ރައީސް ޔާމީން މިނިވަންކުރުމަށް ކުރައްވާ މަސައްކަތްތައް އިތުރުކުރައްވާނެކަމަށާއި ދިވެހި ރައްޔިތުން ދެކޭ ހުވަފެންތަކުގައި ކުލަޖައްސައިދެވޭނެ ލީޑަރަކަށް ހުންނެވީ ރައީސް ޔާމީން އެކަނިކަމަށް ސައީދު ވިދާޅުވިއެވެ.

އަލިފުށީ އެއާޕޯޓުގެ މަޝްރޫއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު މީގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އިފުރުގައި އެއާޕޯޓެއް ގާއިމްވެފައި އަދި ރ އަތޮޅުގައި އޮތުރު އެއާޕޯޓެއް ތަރައްގީކުރުމުގެ ވާހަކަ ދެކެވިފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ ދާއިރާގެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ސީދާ ބިގޭ އަށް ކޮށްދެއްވާކަމެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރުންވެސް އަދި އިދިކޮޅު މެމްބަރުންވެސް އައީ ފާހަގަކުރައްވަމުންނެެވެ. މިއީ ސީދާ ބަޖެޓުގައި ނެތް ކަމެއްކަމަށާއި މިއަށްވުރެ މުހިންމު ވައުދުތައް ނުފުއްދި އެބަހުރިކަމަށް އެމްޑީޕީ މެމްބަރުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި ބިގޭ ވިދާޅުވެފައިވަނީ އަލިފުށީ އެއާޕޯޓަކީ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ތެރެއިން ހިމަނާފައިވާކަމެއް ކަމަށެވެ. ޕަބްލިކް ސެކްޓާރ އިންވެސްޓުމެންޓުގެ ދަށުން ހިންގޭ ޕްރޮގްރާމުގައި ވަކި ރަށެއްގެ ނަމެއް ނެތި އެކި ރަށްތަކުގައި އެއާޕޯޓު އެޅުމުގެ ވާހަކަ ހިމެނޭކަން ފާހަގަކުރައްވައި ބިގޭ ވަނީ ކިތަންމެ ގިނަ ފާޑުކިޔުންތަކެއް އައިކަމުގައިވިޔަސް، މަޝްތޫއު ކުރިއަށް ގެންދިޔުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: