ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފިޔަވަތީގައި އަލިފާން ރޯވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފިޔަވަތީގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގައި އަލިފާން ރޯކޮށްލަން އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި ފުރާޅު މައްޗަށް އެތަނުގެ ކުދިންތަކެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ ފުލުހުންނާއެކު ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ބޭފުޅުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުމާއެކު އެ ސަރަހައްދަށް ދިޔައިރު، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: