ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަތި މައްސަލަ: މިނިސްޓްރީގެ ފިނި ބަޔާނުގައި ގޮވާލީ އާއްމުން ކެތްތެރިކަން އިސްކުރަން!

ފިޔަވަތީގައި އުޅޭ ކުދިންނަށް ރައްކާތެރިކަން ނުދެވުމުގެ ސަބަބުން، ތަނުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބައިތިއްބާ ފިޔަވަަތީގައި މައްސަލަތައް ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެކަށީގެންވާ އަޅާލުމެއް ނުދެވި، ތަނުގެ މުވައްޒަފުންގެ ފަރާތުން އެ ކުދިންނަށް ދިމާވާ ގޯނާގެ ވާހަކަތައް އަބަދުވެސް ދެކެވެ އެވެ. އަދި މިއީ އާއިލާގެ އަޅާލުމުން މަހުރޫމްވެ، އެކި ހާލަތްތަކާއި، ވަރަށް ގޯސް މާހައުލުތަކުން ގެނެވޭ ކުދިންކަމަށްވުމާއި އެކު އެ ކުދިންނަށް ދޭންޖެހޭ ރިހިބިލިޓޭޝަންގެ އެއްވެސް ޕްރޮގްރާމެއް ނުހިންގެ އެވެ.

ޒަމާނުއްސުރެން ފެށިގެން ފިޔަވަތި އާއި ކުޑަކުދިންގެ ހިޔާގާއި އެ ކުދިން ބަލަހައްޓަމުން އައީ ވަރަށް ބޮޑަށް ހިފަހައްޓައި ބަންދުކޮށްގެންވެ. އޭގެ ސަބަބުން ގިނަ ކުދިންނަށް ނަފްސާނީ ގޮތުން އޭގެ އަސަރުކޮށް ރުޅި އިސް ކުރެވެނީ އެވެ. ނަމަވެސް މި ކަންކަން ހައްލު ކުރުމަށް މަސައްކަތް ނުކުރެވި، އެ ކުދިންނަށް ޖިސްމާނީ، ނަފްސާނީ، އަދި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފެންމަތި ވެއެވެ.

ފިޔަވަތި އާއި ކުޑަކުދިންގެ ހިޔާއަކީ ކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫނެވެ. އެހެންވެ ދާދިފަހުން ހިޔާގައި ތިބޭ ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ ކުދިން ރާއްޖޭގެ ބައެއް ރަށްތަކަށް ބަދަލު ކުރި އެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތި އަކީ، އުމުރުން 13 އަހަރުން ދަށުގެ ކުދިން ބަލަހައްޓަން ހާއްސަ ތަނެއް ނަމަވެސް، އެ ތަނުގައި އެކި އުމުރުފުރާގެ ކުދިން ތިބެ އެވެ.

ފާއިތުވެ ދިޔަ ހަފްތާއިން ފެށިގެން ފިޔަވަތީގައި ތިބޭ ކުދިން ފުރާޅުމައްޗަށް އެރުމާއި، އިމާރާތުގެ އެތެރެއިން މަގުމައްޗަށް ތަކެތި އުކުމުގެ މައްސަލަތައް ދިމާވި އެވެ. މިއީ އަބަދުވެސް ދިމާވާ މައްސަލައެކެވެ. އެހެން ނަމަވެސް އިއްޔެ ހަވީރު ހާއިރު ތަނުގެ ކޮންޓްރޯލް ގެއްލިގެން ދިއުމަށް ފަހު، ތަން ހަމައަކަށް އެޅުވުނީ ދަންވަރު 12 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. ތަން ކޮންޓްރޯލް ކުރީ، ރުޅި ގަދަވެ އިމާރާތުގެ މައްޗަށް އެރި ގިނަ ކުދިން ވެހިކަލްއަކަށް ލައި ގެންގޮސްގެންނެވެ.

ޖެންޑާރ މިނިސްޓްރީގެ އެއްވެސް އިސްބޭފުޅެއް މި މައްސަލައިގައި ރަސްމީ ސިފައެއްގައި މީޑިއާތަކާއި ވާހަކަ ނުދައްކަވަ އެވެ. ނޫސްވެރިންގެ ނުރުހުން އަމާޒުވުމުން ރޭ ދަންވަރު މިނިސްޓްރީން ބަޔާނެއް އާއްމުކޮށް ބުނީ ވޭދުވެދިޔަ ތިން ދުވަހު އެ މަރުކަޒުގައި ބައެއް ކުދިންގެ ފަރާތުން ފެންނަ ކަންތަކާއި ގުޅިގެން ޖެންޑާރ މިނިސްޓްރީ އާއި އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފެށި ކަމަށެވެ. އަދި މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންގެ މުވައްޒަފުން ކުދިންނާއި ކެއާ ޓޭކަރުންނާއި އެކު މަސައްކަތްކުރަމުން ދާކަމަށެވެ.

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންކަން ބަލައި، އެކަމުގެ ސަބަބު ހޯދާނެކަމަށް ބުނެ އެ ބަޔާނުގައި ވަނީ، އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން މިނިސްޓްރީން ގަބޫލު ކުރާ ކަމަށެވެ. މި ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން، އަދި އެ ސަރަހައްދަށް އެއްވެ ބަލަން ތިބުމަކީ ކުދިން އިތުރަށް ޓްރިގާވާނެ ކަމެއްގެ ގޮތިގައި މިނިސްޓްރީން ފާހަގަ ކުރި އެވެ. ޖެންޑާއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރަން ގޮވާލައި ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި އެއްބާރުލުން ދިނުމަށް އެދިފަ އެވެ.

ދައުލަތުން ބަލަހައްޓާ ކުދިންނަށް އެކަށީގެންވާ ރައްކާތެރިކަން ނުދެވޭ މައްސަލައިގައި، މިހާތަނަށް ޖެންޑާރ މިނިސްޓްރީން މީޑިއާތަކާއި ބައްދަލު ނުކުރެ އެވެ. އަދި ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް ޕްރެސް ކޮންފަރެންސްއެއްގައި އެންމެ ފަހުން ބައިވެރިވީ ކޮވިޑުގެ ހާލަތުގެ ތެރޭގައި މިދިޔަ އަހަރު ކުރީކޮޅު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: