ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު ވަނީ ކެމްޕޭނަށް ހުރަސް އަޅާފައި: ޝިފާ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި އިވެންޓަށް ވަޑައިގެން ކާށިދޫ ޖާބިރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތަކާއި ހިންގެވި އަމަލުތަކަކީ ބޮޑު ޖަރީމާއެއްކަަމށް ޝިފާ ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހުކުރު ވިލޭރޭ އެމް.ޑީ.ޕީގެ ހަރުގޭގައި ބޭއްވުނު އިވެންޓަކީ، އެމް.ޑީ.ޕީގެ 2021ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުންނަށް އޭނާ ބޭއްވި ޙާއްސަ އިވެންޓެއް ކަމަށެވެ.

މިއިވެންޓްގެ މައިގަނޑު މަގްސަދަކީ އެމް.ޑީ.ޕީގެ މިއިންތިހާބުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުން އެމް.ޑީ.ޕީގެ އާންމު މެންބަރުންނަށް ތަޢާރަފްކޮށްދިނުމަށާއި އެމީހުންގެ ޝުއޫރުތައް އާންމު މެންބަރުންނަށް ޙިއްސާކޮށްލުމަށް ދެވުނު ފުރުސަތެއްކަމަށް ސިފާ ވިދާޅުވެއެވެ. ނަމަވެސް، މިއިވެންޓް ފެށިގެން މާގިނައިރުތަކެއް ނުވަނީސް، މިއިވެންޓަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަޑައިގެން، އޭނާ ޕޯޑިއަމްގައި ވާހަކަދައްކަން ހުރި ވަގުތު އަޑުގަދަކުރައްވައި ތަނުގެ މަސްލަހަތުގެ ގެއްލުވާލަން މަސައްކަތްކުރައްވާފައި ވާތީވެ، ވަގުތުން މައިކް ކަނޑާލާފައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

”އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ އަޅުގަނޑުގެ ކެންޕެއިން އިވެންޓަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ބޮޑު ޖަރީމާއެއް. މިއިވެންޓަށް އަޅުގަނޑު ދަޢުވަތުއެރުވީ އެމް.ޑީ.ޕީގެ މާލެ ސިޓީގެ ކޭންޑިޑޭޓުނަށާއި މެންބަރުންނަށް ވީހިދު، ޖާބިރުއަކީ މިއިންވެންޓަށް ދަޢުވަތު ދެވިގެން ވަޑައިގެންނެވި ބޭފުޅެއްނޫން. އަޅުގަނޑަކީ އެމް.ޑީ.ޕީގެ މާލެ ސިޓީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއް. މިގޮތުން، އަޅުގަނޑުގެ ކެމްޕޭންގެ ހަރަކާތްތަކަށް މިފަދަ ގޮތްގޮތަށް ހުރަސްއަޅާ ފުރައްސާރަކުރުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑަށް ލިބިފައިވާ ސިޔާސީ ހައްގުތައް ނިގުޅައިގަނެ، ސިޔާސީ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަނިކުރުމަށް ހިންގި އަމަލެއް.“ ޝިފާ ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި ސިޔާސީ މަގާމުތަކަށް ވާދަކުރައްވާ އެންމެހާ ފަރާތްތަކަށް ފުލުހުންގެ އިދާރާއިން ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކުގެ އަރައިގަތުމަށް ހިންގޭ މިފަދަ އަމަލުތައް މުޖުތަމައުއިން މަދުކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ގާއިމް ކޮށްދެއްވުމަށް ކަމާއި ބެހޭ ފަރާތްތަކުގައި ޝިފާ ވަނީ އެދިފައެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 63%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: