ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީގެ ތުހުމަތު ރައީސަށް: ރެހެންދި ފްލެޓުން ކަޅު ދަބަސް ގެންދިޔަ ފުޓޭޖު ހުރި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވާފައިވާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި މި ސަރުކާރުގެ ވަޒީރުކަމުން ވަކި ކުރި އަލީ ވަހީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން އަލީ ވަހީދަށް ޖުމްލަ 07 ދައުވާއެއް ވަނީ އުފުލާފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައިވަނިކޮށް، ބޭސްފަރުވާގެ ހުއްދަ ލިބި އޭނާ އިނގިރޭސިވިލަތަށް ވަޑައިގެންނެވީ އެވެ. އެއަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފައި ނުވެ އެވެ.

މިއީ ސިޔާސީ ތުހުމަތުތަކެއްގެ ގޮތުގައި ބުނެ، އަލީ ވަހީދު ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ގިނަ ކަންކަމަށް ވާހަކަ ދެއްކެވި އެވެ. ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ޝަރީއަތަށް ހާޒިރު ނުވުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި 02 މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އަލީ ވަހީދު ނޫސްވެރިންނާއި ބައްދަލު ކުރީ، އޮންލައިންކޮށް ސުވާލު ކުރެވޭ ގޮތަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި މި ސަރުކާރުގެ އިސްވެރިންނާއި އޮތް ގުޅުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހަކީ އޭގެ ތެރެއިން އެއް ބޭފުޅެއް ކަމަށެވެ. އޭރު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ޅ. ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ، ހިޔާނާތުގެ ފައިސާ ރައީސަށް ދެއްވުމުގެ އިސްކޮށް އުޅުނީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އަހުމަދު އަދީބު ކަމަށެވެ. އައި އެ މުއާމަލާތް ހިނގައި ދިޔައީ ރެހެންދި ފްލެޓެއްގައިކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ގޮތުން ކަޅު ދަބަހެއްގައި ރައީސް ސޯލިހު އެ ފައިސާ އުފުލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުންގެ ތަހުގީގަށް ހޯދި އެވެ. އެހެން ނަމަވެސް ތަހުގީގުގެ ކަންކަމުގައި އިސްކޮށް ހުންނަވައި އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް، ބައެއް މީހުންގެ ނަން ލިސްޓު އުނި ކުރީކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔަނާތުގެ މައްސަލައިގައި އެކި މީހުންނަށް ތުހުމަތުތަކެއް ކުރެވޭއިރު، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ފައިސާ އަކީ މިދިޔަ ސަރުކާރާއި މި ސަރުކާރުގެ އިސްވެރިންނާއި، މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިން، އަދި ބައެއް ފަނޑިޔާރުންނަށް ލިބިފައިވާ ފައިސާކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: