ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބާދީގެ 85 އިންސައްތައަށް ވެކްސިން ޖެހުނީ ކާމިޔާބު ޚާރިޖީ ސިޔާސަތުގެ ސަބަބުން!

މިނިސްޓަރ އަބްދުﷲ ޝާހިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖުމްލަ އަާބާދީގެ 85 އިންސައްތައަށްވުރެ ބޮޑުބަޔަކަށް ވެކްސިން ޖެހުނީ މިސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތުގެ ކާމިޔާބީގެ ސަބަބުންކަން ޔަގީނެވެ. އދ ގެ އާންމު މަޖިލީހުގައި މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގްރީރު ކުރައްވާއިރު، ޖަލްސާގެ ރިޠާސަތު ބަލަހައްޓަވާނީ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އެއީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބު ވެވަޑައިގެންފައިވާ ބޭފުޅާގެ ހައިިސިއްޔަތުންނެވެ. އެހެންކަމުން މިފަހަރުގެ އދ. ގެ އާންމު ޖަލްސާ ވެގެންދާނީ ދިވެހިރާއްޖެއަށް ޚާއްސަ ޖަލްސާއަކަށެވެ.

ރާއްޖޭގެ ކާމިޔާބު ޚާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވައި ފޮރިން މިނިސްޓްރީއިން ބުނީ ބޭރުގެ އެހީތެރިކަމާއެކު ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދެވޭނެކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި އާބާދީގެ 85 އިންސައްތައަށް ވުރެ ބޮޑު ބަޔަކަށް ވެކްސިން ޖަހާފައިވަނީވެސް ބޭރު ގައުމުތަކުގެ ބޮޑު އެހީއަކާއި އެކުގައިކަން މިނިސްޓްރީއިން ފާހަގަކުރެއެވެ.

ވެކްސިން ފޯރުކޮށްދިނުމުގައި ބޭރު ގައުމުތަކުން ފޯރުކޮށްދީފައިވާ އެހީތަކަށް ބަލާއިރު، އިންޑިޔާއިން ތައްޔާރުކުރި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ހަދިޔާކުރި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުން ފާހަގަވެއެވެ. އަދި އެމެރިކާއިން ފައިޒާރ ވެކްސިނާއި، ޖަޕާނުން އެސްޓްރާޒެނެކާ ވެކްސިން އަދި ޗައިނާއިން ސިނޮފާމް ވެކްސިން ފޯރުކޯށްދީފައިވެއެވެ. މީގެ އިތުރުން، އެކި ގައުމުތަކުން ޕީޕީއީ އަދި އެހެނިހެން ސިއްހީ ސާމާނު ފޯރުކޮށްދީފައިވާކަންވެސް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ބޭރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ކޮވިޝީލްޑްގެ 372،000 ޑޯޒް ލިބިފައިވާއިރު، 250،200 ޑޯޒްގެ ސިނޮފާމް ވެކްސިން ވަނީ ލިބިފައެވެ. އަދި ދެ ބުރެއްގެ މަތިން ފައިޒާ ވެކްސިން ޑޯޒް ލިބިފައިވާއިރު، އެސްޓްރާޒެނެކާ ވެކްސިންގެ 112،000 ޑޯޒްވެސް ބޭރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ވަނީ ލިބިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ބޭރު ގައުމުތަކުން ލިބުނު އެހީތެރިކަމާއި އެކު ބޭރުގެ އެހެން ގައުމުތަކުގައި ބަންދުވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގައިވެސް ފާހަގަކޮށްލެވޭ ގިނަ އެހީތަކެއް ލިބިގެން ދިޔަ އެވެ.

މީގެ އިތުރުން، އެކި މާލީ އިދާރާތަކުން ގްރާންޓް އަދި ހިލޭ އެހީގެ ގޮތުގައި އެކި އަދަދުތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިނިސްޓްރީއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ޖަޕާން، އިންޑިޔާ، އެމެރިކާ ސަރުކާރުގެ އިތުރުން އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް، ވޯލްޑް ބޭންކް އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްއިން ދީފައިވާ އެހީތައް ސަރުކާރުން ފާހަގަކުރެއެވެ.

ރާއްޖެއިން މިހާތަނަށް އައިއިރު 178 ގައުމަކާއެކު ވަނީ ސިޔާސީ ގުޅުން ގާއިމްކޮށްފައެވެ. ރާއްޖެއިން އެންމެ ފުރަތަމަ ގުޅުން ގާއިމްކުރި ގައުމުތަކުގެ ތެރޭގައި އިނގެރޭސިވިލާތާއި، ސްރީލަންކާ ހިމެނެއެވެ. އެންމެ ފަހުން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ ލެސޯތޯއާއިއެކުގައެވެ. އެއީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: