ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަން ޖެހޭ: ރައީސް

އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. އަށް ގޮވާލައްވައިފި އެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ އިސްރާއީލުން ފަލަސްޠީނުގެ އަންހެން، ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް އެބަ ނިގުޅައިގަންނަ ކަމަށެވެ. އަދި މިއަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު، އެތައް ޤައުމަކުން ފަލަސްތީނުގެ ހައްޤުގައި ނިކުންނަމުންދަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އދ. ގެ އާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ކަމަށާއި މިއަދު މަދުވަނީ ފަލަސްތީނުގެ ހައްގު ކަމަށެވެ.

“މިލިއަނުން ޢަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ؟ އެބަޔަކު އަޅުގަނޑު މިތާހުރެ ތަމްސީލު ކުރާ ދިވެހިން ބޭނުންވަނީ އދ އިންނާއި މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގާ ފަލަސްތީނު ބަލައިގަތުން، އެމީހުންނަށް އެމީހުންގެ މިނިވަންކަމާ ހައްޤުތަކާ އިމްތިޔާޒާ އިޚްތިޔާރުތައް ދޫކޮށްލުން. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނަން” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިން ބޭނުންވަނީ އދ. އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުން ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިހުތިޔާރުތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: