ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ގައުމީ މަޖިލީހަށް ރައީސް ސޯލިހު ފެކްޝަނުގެ ކުންފިތަކުގެ ބައެއް ވެރިން!

ގައުމީ މަޖިލީހަށް އިންތިހާބު ވި ކުންފުނިތަކުގެ ބައެއް ވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އައު ގައުމީ މަޖިލީސް އެކުލަވާލުމަށް މިއަދު ކުރިޔަށް ގެންދިޔަ ވޯޓު ނެގުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވެސް އިންތިހާބު ކާމިޔާބުކޮށްފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މިއަދު ކުރިޔަށް ގެންދިޔަ ވޯޓަކީ، ޕާޓީގެ އެންމެ މުހިންމު މަޖިލިސް އެކުލަވާލުމަށް ކުރިޔަށް ގެންދިޔަ ވޯޓެކެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބަށްވާއިރު، ޕާޓީގެ އެތެރޭގައި މުހިންމު ނިންމުންތަކާއި ގަރާރުތަކާއި މެދު އެންމެ ފަހު ބަސް ބުނުމުގެ ބާރު އެމްޑީޕީގެ މަޖިލީހަށް ލިބިގެންވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުންތައް އުފެދި، މި އިންތިހާބު ވެގެން ގޮސްފައިވަނީ ދެބޭފުޅުންގެ ތެރެއިން މިވަގުތު ބާރާއި ތާއީދު އޮތީ ކޮން ބޭފުޅަކަށްކަން އެނގިގެން ދާނެ އިންތިހާބަށެވެ. މިވަގުތު އިއުލާނުކޮށްފައިވާ ނަތީޖާތައް ދައްކާ ގޮތުން ބޮޑެތި ސަރަހައްދުތަކުން، ނުފޫޒު ގަދަ ބޭފުޅުންތަކެއް ރައީސް ސޯލިހުގެ ތާއީދާއި އެކު އިންތިހާބު ކާމިޔާބުކޮށްފައި ވެއެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ހިމެނިވަޑައިގަންނަވަ އެވެ.

2023 ގައި އެމްޑީޕީ މަސައްކަތް ކުރާނެ މިސްރާބާއި މެދު ގޮތް ނިންމާނެ މަޖިލީހަށް ސަރުކާރުގެ ކުންފުނިތަކުން އިންތިހާބުވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު އާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އަދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީގެ އިތުރުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގައި އަމްރު ވާދަ ކުރައްވާފައި ވަނީ މަތި އުތުރު ޕްރޮވިންސްގެ ރައީސަކަށެވެ. އަދި ސައީދު ގައްދޫ ދާއިރާގެ ރައީސްކަމަށް ވާދަ ކުރެއްވިއިރު، މޫކޭ ވާދަ ކުރަައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ ރައީސަކަށެވެ. ރިޒްވީ ކާމިޔާބު ކުރެއްވީ ބިލެތްދޫ ދާއިރާގެ ރައީސްގެ މަގާމެވެ. މި ބޭފުޅުން އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޖުމްލަ 97 ދާއިރާއަކުން 730 ކެންޑިޑޭޓުން ވާދަކުރިއިރު، އިންތިހާބުގައި 90،300 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: