ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ވިންދު ރަނގަޅަށް ސާފުވެއްޖެ: ޝިފާ

މާލޭ ސިޓީ މޭޔަރު - ޝިފާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އިއްޔެ ނިމުނު އިންތިޚާބުން މާލެ ސިޓީގެ ރައްޔިތުންގެ ވިންދު ސާފުވެއްޖެ ކަމުގައި މާލެ ދާއިރާގެ ރައީސްކަމަށް އިންތިޚާބު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މި އިންތިހާބު ޝިފާ ކާމިޔާބު ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވާދަކޮށެވެ. އަކްރަމް އަކީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން މިހާތަނަށް ފުރުއްވަމުން ގެންދެވި ފަރާތެވެ.

އިންތިހާބުން ލިބުނު ކާމިޔާބީއާއެކު ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން ދެއްވި ތާއީދާއި އިތުބާރަށް ޝުކުރު އަދާކުރާ ކަމަށާއި މާލޭގެ ވިންދު ރަނގަޅަށް ސާފުވެފައިވާ ކަމަށެވެ.

“އަޅުގަނޑު މިހުރީ ބާރަށް ކުރިއަށްދާން” ޝިފާ ވިދާޅުވިއެވެ.

ވަގުތީ ނަތީޖާއިން މިހާރު ދައްކާ ގޮތުގައި އިންތިހާބުގައި ޝިފާއަށް 700 އަށްވުރެ ގިނަ ވޯޓު ވަނީ ލިބިފައެވެ. އަކުރަމަށް ލިބިފައިވަނީ 400 އަށްވުރެ ގިނަ ވޯޓެވެ. މި އިންތިހާބުގައި އެ ދާއިރާއަށް ދެން ވާދަކޮށްފައިވަނީ އަހުމަދު މުނާޒު މޫސާ ވަލީދެވެ.

އިންތިހާބުން ނާކާމިޔާބުވުމާ ގުޅިގެން އަކުރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބުވި ނަމަވެސް އޭނާއަށް ވޯޓު ދިން އަދި އޭނާ ހޮވުމަށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: